ދިވެހިރާއްޖެ
2015 ވަނަ އަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމާއި ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުވުމާ ގުޅިގެން ބާއްވާ "ފަތުރުވެރިކަމުގެ ޞިނާޢަތުގެ ޖޮބް ފެއަރ" އާ ގުޅޭގޮތުން
މިމިނިސްޓްރީން 06 ސެޕްޓެންބަރު 2015ގައި އިޢުލާން ކޮށްފައިވާ ނަންބަރު:IUL)88-IIHR/1/2015/16) ހަވާލާދީ ދަންނަވަމެވެ.
މަތީގައި ހަވާލާދެވިފައިވާ އިޢުލާނުގައި ޖޮބް ފެއަރގެ އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތެއް ކަމުގައިވާތީ މި އިޢުލާން ބާޠިލުކޮށްފީމެވެ. އަދި މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމާއި ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުވުމާ ގުޅިގެން މިމިނިސްޓްރީން އިންތިޒާމުކޮށްގެން ރާއްޖޭގައި ބޭއްވޭ ފުރަތަމަ ފަތުރުވެރިކަމުގެ ޞިނާޢަތުގެ ޖޮބް ފެއަރ 15 އިން 17 އޮކްޓޫބަރު 2015 ގެ ނިޔަލަށް ނޭޝަނަލް އާރޓް ގެލަރީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ތިރީގައި މިދަންނަވާ ޙަރަކާތްތައް އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- ޖޮބް ފެއަރގެ ސްޓޯލް ޖަހައިދިނުން އަދި ރޫޅާލުން (30 ސްޓޯލް)
- ސައުންޑް އަދި ލައިޓްސް ސިސްޓަމް
- ހުޅުވުމުގެ ރަސްމިއްޔާތު
- ފޮޓޯ ނެގުމުގެ ޚިދުމަތް
ވީމާ، މިކަން ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 05 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 14:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
14 ޛުލްޙިއްޖާ 1436