އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - މިނިވަންދުވަހުގެ ހަރަކާތްތަކަށް ސ.ފޭދޫ ލިންކްރޯޑުން ކަނޑައެޅިފައިވާ ސަރަޙައްދު ބަންދުކުރުމާ ގުޅޭ

އިޢުލާން

މިނިވަންދުވަހުގެ ހަރަކާތްތަކަށް ސ.ފޭދޫ ލިންކްރޯޑުން ކަނޑައެޅިފައިވާ ސަރަޙައްދު ބަންދުކުރުމާއި ގުޅޭ

        އައްޑޫސިޓި ފޭދޫގައި މިނިވަންދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް "މިނިވަން ހަ ދަހަރަ" ނަމުގައި ބޭއްވި އިވެންޓު ވިއްސާރަ ވުމުގެ ސަބަބުން މެދުކަނޑާލާފައި ވާތީވެ، މި އިވެންޓު 01 އޮގަސްޓު 2025 ބޭއްވުމަށް ވަނީ ނިންމާފައެވެ.

        އެހެންކަމުން ފޭދޫ ލިންކް ރޯޑު (ޗަނބޭލީ ހިނގުން އޯކަމްވިލާ ކަންމަތިން ފެށިގެން ވޮލީ ކޯޓު ރަށްދެބައިމަގާއި  ހަމަޔަށް) ބަންދުކޮށް މި ސަރަޙައްދަކީ އެދުވަހުގެ 19:30 އިން ފެށިގެން 00:00 އާއި ހަމަޔަށް ހިނގައި އުޅޭ ސަރަޙައްދެއްގެ ގޮތުގައި ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އަދި 01 އޮގަސްޓު 2025 ވަނަ ދުވަހުގެ 19:00 އިން ފެށިގެން މި ސަރަޙައްދުގައި އެއްވެސް ފަރާތަކުން ޕާކު ނުކުރެއްވުމަށް ދަންނަވަމެވެ.

        ވީމާ، މިކަން ޢާއްމުކޮށް އަންގައި ޢިއުލާން ކުރީމެވެ.

06 ޞަފަރު 1447 ހ.

31 ޖުލައި 2025 މ.

31 ޖުލައި 2025
ހޯދާ