ބީލަން ހުށަހެޅުމުގެ ދަޢުވަތު
ބެލެނިވެރިންގެ ހިޔާ ބިނާ ކުރުމަށް މަސައްކަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުން 02 ވަނަ)
ރަށުގައި ބިނާ ކުރުމަށް ކައުންސިލުން ނިންމާފައިވާ ބެލެނިވެރިންގެ ހިޔާގެ ކޮންސްޓްރަކްޝަން، ކަރަންޓް ވައިރިންގ އަދި ފިނިޝިންގެ މަސައްކަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި އިޢުލާނާ ގުޅިގެން މިކައުންސލްގެ ނަމްބަރު (IUL)342/INDIV/2025/55 (20 މޭ 2025) އިޢުލާންވަނީ އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާތީވެ، ބާޠިލް ކުރެވިފައެވެ.
ބީލަމަށް ރަޖިސްޓްރީކުރުން
|
- މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 5 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރުމަށް/ ބިޑް ބައްލަވާ ގަތުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރުމުގެ ފީއަކީ -/500ރ އެވެ.
- މިކައުންސލްގެ ނަމްބަރު (IUL)342/INDIV/2025/55 (20 މޭ 2025) ބީލަމާ ގުޅިގެން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުންވެސް އަލުން މި ބީލަމުގައި ރަޖިސްޓްރީ ކުރަންޖެހޭނެއެވެ. ނަމަވެސް ރަޖިސްޓްރީ ކުރުމަށް އިތުރު ފީ އެއް ދައްކާކަށް ނުޖެހޭނެއެވެ.
- ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ، [email protected] މެއިލް ކުރެއްވުން އެދެމެވެ.
- މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން
|
- ބީލަމާއި ގުޅޭގޮތުން ވަކި ޙާއްސަ ޕްރީބިޑް މީޓިންގ އެއް ނޯނާނެއެވެ.
- މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓްތައް ބީލަން ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެވެ.
- ބީލަމާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 7 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިކައުންސިލްގެ [email protected] މެއިލަށެވެ.
- މިމަސައްކަތާއި ގުޅޭގޮތުން ސާފުކުރަންޖެހޭ އެންމެހާ މަޢުލޫމާތެއް ސާފުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
|
ބީލަން ހުށައެޅުން
|
- ބީލަން ބަލާގަތުމާއި ހުޅުވުން އޮންނާނީ 12 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
|
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
6 ޞަފަރު 1447
31 ޖުލައި 2025