ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސީ.އެސް.އެސް.ޑީއަށް ބޭނުންވާ ޕްލަސްމަރ ސްޓެރެލައިޒަރ، ސަޕްލައިކޮށް އިންސްޓޯލުކޮށްދޭނެ ފަރާތެއް ހޯދުން.
މި އިޢުލާނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސީ.އެސް.އެސް.ޑީއަށް ބޭނުންވާ ޕްލަސްމަރ ސްޓެރެލައިޒަރ، ސަޕްލައިކޮށް އިންސްޓޯލުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނެކެވެ. ގެޒެޓް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި އެއްކަރުދާސް ކުރެވިފައިވާ އެނެކްސް 1 ގައި ބަޔާންކޮށްފައި އެވަނީ މި ހޮސްޕިޓަލަށް ސަޕްލައިކޮށް، އިންސްޓޯލް ކުރުމަށް ބޭނުންވާ ޕްލަސްމަރ ސްޓެރެލައިޒަރގެ ސްޕެސިފިކޭޝަންއެވެ.
ވީމާ، މި މެޝިން ސަޕްލައިކޮށް އިންސްޓޯލްކޮށް ދިނުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
- ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ރެޖިސްޓްރޭޝަން ލިންކް https://forms.gle/7Y6cLxcZK7TzoLKX9 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 12 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.
- ފޯމު ފުރުމުން ކޮންފޮމޭޝަން މެސެޖް އީ-މެއިލްގެ ޒަރީއާއިން ލިބި ނުލައްވާނަމަ ރަސްމީ ގަޑީގައި މި ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ނަންބަރު 6521665/6521531 އަށް ގުޅުއްވައި އެކަން އެންގުމަށްވެސް ދެންނެވީމެވެ.
- މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވެލައްވާ ނަމަ 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 13 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދެންނެވިފައިވާ އީ-މެއިލް އަށް ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެހުމަށްފަހު ފޮނުއްވުން އެދެމެވެ. އަދި އީ-މެއިލް ފޮނުވުމަށްފަހު މެއިލް ލިބުނުކަން ޔަޤީން ކުރެއްވުމަކީ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތުގެ ޒިންމާއެކެވެ.
- މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާހާއި، މި ބީލަމާއި ގުޅުންހުރި ލިޔެކިޔުންތައް ގެޒެޓްގައި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
- ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
ބީލަން ހުށަހެޅުން
- ތަން: އަލިމަސް މާލަން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)
- ތާރީޚް: 20 އޮގަސްޓް 2025 (ބުދަ)
- ގަޑި: 11:00 ގައި
31 ޖުލައި 2025
ހޯދާ