ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިމަސައްކަތާ ގުޅޭގޮތުން ހިންގާ މުޢާމަލާތްތައް މިދަންނަވާ ގޮތުގެމަތީން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
| މުޢާމަލާތް | ތަން | ތާރީޚު | ގަޑި | 
| މަޢުލޫމާތު ދިނުން | ޅޮހީ ސްކޫލް | 07 އޮކްޓޫބަރު 2015 (ބުދަ) | މެންދުރުފަހުގެ 13:00 | 
| އަންދާސީހިސާބު ހުށަހެޅުއްވުން | ޅޮހީ ސްކޫލް | 12 އޮކްޓޫބަރު 2015 (ހޯމަ) | މެންދުރުފަހުގެ 13:00 | 
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6560573 ފޯނާ ގުޅުއްވުން އެދެމެވެ.
14 ޛުލްޙިއްޖާ 1436
 
                    