ދިވެހިރާއްޖެ
އެއަރކޮންޑިޝަން ހަރުކުރަން ބޭނުންވެއްޖެ:
މި ބިއުރޯގެ ފަރާތުން ޣާޒީ ބިލްޑިންގގެ ތިރީގައި ބޭނުންކުރަމުންދާބައިގައި އެއަރކޯން ހަރުކުރަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު: IUL)457-AIT/1/2015/16) އާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެ މަސައްކަތް ކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އޮކްޓޫބަރު 6 ވާ އަންގާރަ ދުވަހުގެ 11:00 އަށް ޣާޒީ ބިލްޑިންގގެ ތިރީބަޔަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮކްޓޫބަރު 8 ވަނަ ދުވަހުގެ 11:00 އަށް މިބިއުރޯއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. މި ބިއުރޯ ހިނގަމުންދާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހިނގަމުންދާ އިމާރާތުގައިކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ނަންބަރު. 3349397 ފޯނާ ގުޅުއްވުން އެދެމެވެ.
15 ޛުލްޙިއްޖާ 1436