މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.އަތޮޅު ކައުންސިލަށް ބޭނުންވާ ޓްރޮފީތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

                   ބ. އަތޮލު ކައުންސިލުން ފޯރުކޮށްދޭ ނަމޫނާތަކާއި އެއްގޮތަށް ޓްރޮފީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

                   ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން   [email protected] އަށް އީމެއިލް ކުރައްވައިގެން  ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 07 އޮގަސްޓް 2025  ބުރާސްފަތި ދުވަހުގެ 11.00 އަށް މިކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.  

ބީލަން/ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ބައެއް ނުކުތާތައް:

1-      ބީލަން ހުށަހަޅާ ފަރާތްތަކުން ފްރޮޕޯސަލް ތައްޔާރުކުރައްވާއިރު ބީލަން ކަރުދާހުގައި ހުރި މައުލޫމާތު ބެއްލެވުމަށް ސަމާލުކަން ދޭންވާނެއެވެ.

2-      ބީލަން/ ޕްރޮޕޯސަލްގައި ރަޖިސްޓްރީވުމަށް އެދި، ވިޔަފާރި/ކުންފުންނިތަކުން އެފަރާތުގެ ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރު،  އިޢުލާން ނަންބަރު އަދި ފުރިހަމަ ނަމާއި، އީމެއިލް އެޑްރެސް، ގުޅޭނެ ފޯނު ނަންބަރު ޖެއްސެވުމަށްފަހު [email protected]  އަށް އީ-މެއިލް ފޮނުވަންވާނެއެވެ. ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތައް މިބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

3-      ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި، ގަޑިޖެހުމަސްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

4-      ބީލަން/ޕްރޮޕޯސަލް ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ހާޒިރުވާއިރު ހާޒިރުވާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ކާކުކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެފަރާތެއްގެ ނުވަތަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިޒޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.

5-      މި ބީލަމާއިގުޅޭގޮތުން  އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، 06 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ 14:00 ކުރިން ، މިއިދާރާއަށް އީމެއިލް މެދުވެރިކޮށް  [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.

6-      ބީލަން/ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 07 އޮގަސްޓް 2025  ބުރާސްފަތި ދުވަހުގެ 11.00 އަށް  މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި، ބީލަން/ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން/ޕްރޮޕޯސަލްތައް ހުންނަންވާނީ ބީލަން ކަރުދާހުގައިވާ މައުލޫމާތާއި އެއްގޮތަށެވެ.

                           މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

                           06  ޞަފަރު  1447

31 ޖުލައި 2025
ހޯދާ