އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މިހޮސްޕިޓަލުގެ މެއިން އޯ.ޕީ.ޑީ އޭރިޔާގައި އިންފޮމޭޝަން ކައުންޓަރެއް ހެދުން

އިޢުލާން

މިހޮސްޕިޓަލުގެ މެއިން އޯ.ޕީ.ޑީ އޭރިޔާގައި އިންފޮމޭޝަން ކައުންޓަރެއް ހެދުން

މިހޮސްޕިޓަލުން ދޭ ކުރެހުމަކާއި އެއްގޮތަށް، މިހޮސްޕިޓަލުގެ މެއިން އޯ.ޕީ.ޑީގައި އިންފޮމޭޝަން ކައުންޓަރެއް ހެދުމަށް ބޭނުންވެ، ކުރެވުނު މިހޮސްޕިޓަލުގެ އިޢުލާން ނަންބަރު: TENDER/URH/2025/18 އާއި ގުޅިގެން، އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީވެ، އެއިޢުލާން ބާޠިލުކޮށް އެކަމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާގޮތަށް، އަދި ދެންނެވިފައިވާ ތާރީޚުގެ ކުރިން ރަޖިސްޓްރީ ކުރެއްވުމާއިއެކު، ކަނޑައަޅާފައިވާ ތާރީޚުގައި މިހޮސްޕިޓަލަށް ވަޑައިގެން، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 

 ނަންނޯޓް ކުރެއްވުން

ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް)

ތާރީޚް: 2025 ޖުލައި 31، ން 2025 އޮގަސްޓް 13 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް.

އީމެއިލް [email protected] :ފޯނު ނަންބަރ: 6583007

ރެޖިސްޓްރޭޝަން ލިންކް: https://forms.gle/cFoYZTPD3uP1bvq19

އަންދާސީ ހިސާބު ހުށައެޅުއްވުން

ތާރީޚް: 18 އޮގަސްޓް 2025 - ހޯމަ

ގަޑި: މެންދުރު 10:00

ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެއިން ކޮންފަރެންސް ރޫމް

 

މިއިޢުލާނާއި ގުޅޭ މައުލޫމާތު ޝީޓާއި، ކުރެހުންތަކާއި، އަދި ގުޅުންހުރި އެންމެހާ ލިޔުންތައް، މިއިޢުލާނާއިއެކު، ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ. އަދި މިޓެންޑާއަށް ނަންނޯޓްނުކުރާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 6583007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

06 ޞަފަރު 1447

31 ޖުލައި 2025
ހޯދާ