ދިވެހިރާއްޖެ
އިޢުލާން
ރުއްގަހުގެ ވެރިން ސާފުކުރުން
ކާފަ މާމަ މައިޒާން ތަރައްޤީކުރުމަށްދާ ސަރަހައްދުގެ މަގުތަކަށާއި އެނޫން ބައެއް މަގުތަކުގައި ހުރި ބައެއް ރުއްގަސް ނަގަންޖެހޭތީ، އެރުއްގަހުގެ ވެރިން ސާފުކުރުމަށް ވަނީ ބޭނުންވެފައެވެ. މިގޮތުން އެ ސަރަހައްދުން ކަނޑަން ބޭނުންވާ ރުއްގަހުގައި ނޫ ކުލައިން 1 ން 46 އަށް (X) ޖަހައި، ނަމްބަރު ޖަހާފައި ހުންނާނެއެވެ. ކަޑަށްޖެހޭ ރުއްތަކުގައި ނަމްބަރު ޖަހާފައި ހުންނާނީ ފިރާސްގެ އިރުމަތީ މަގުން ފެށިގެން ހިރާ ގޭ އުތުރު މަގަށެވެ.
ވީމާ އެރުއްގަހުގެ ވެރިން، މި އިދާރާއަށް ދުރުވެ މި އިދާރާއިން އެރުއްގަހަށް ދީފައިވާ ނަމްބަރު އަންގަވާ ދެއްވުމަށް ދެންނެވީމެވެ. ރުއްގަހުގެ ވެރިފަރާތުން ރުއްގަހުގައި ޖަހާފައިވާ ނަމްބަރު ނޯޓް ކުރަން ދުރުވާއިރު އެރުއްގަހުގެ ރަޖިސްޓަރީ ނަމްބަރު ގެންނަށް ޖެހޭނެއެވެ. އަދި 2025 އޯގަސްޓް 05 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ވެރިޔަކު ނުވެ ހުންނަ ރުއްގަސް ޤާނޫނު ނަމްބަރ 21/98 (މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ރުއްގަސް ކަމުގައި ބަލައި އެރުއްގަސް ކަނޑާ ލެވޭނެ ވާހަކަ ދެންނެވީމެވެ. މިއީ މިގޮތަށް މިރުއްގަހުގެ ވެރިން ހޯދުމަށް ދެވަނަ ފަހަރަށް ކުރެވޭ އިއުލާނަށްވާތީ މިމުއްދަތުގެ ތެރޭގައި ރުއްތަކުގެ ވެރިން ( ރުއްގަހުގެ ނަމްބަރ ނުގެނެސްވާ ފަރާތްތަކުން )ރުއްގަހުގެ ނަމްބަރ ނުގެނެސް ދީފި ނަމަ އެރުއްތަކަކީ ރައްޔިތުންގެ ރުއްތެއްގެ ގޮތުގައި ބަލާ ރުއްތައް ކަނޑާލެވޭނެއެވެ. މިރުއްތަކުގެ ވެރިން ހޯދުމަށް މިއިދާރާގެ ނަމްބަރ: (IUL)248-CAFA/248/2025/59 ( 06 ޖުލައި 2025 ) އިއުލާނުންވެސް އިއުލާން ކުރެވިފައި ވާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.