މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރޭގަނޑުގެ ފަރިއްކޮޅެއް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން
އަންދާސީހިސާބު
އިންޑިއަން އޯޝަން ސައުތު އީސްޓް އޭޝިއަން މެރިން ޓާރޓަލްސް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގއާއި މިމިނިސްޓްރީ ގުޅިގެން ބާއްވާ ސަރަހައްދީ ބައްދަލުވުމުގެ ބައިވެރިންނަށް (ވީ.ވީ.އައި.ޕީ) ރޭގަނޑުގެ ފަރިއްކޮޅެއް ތިރީގައިވާގޮތަށް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- ބައިވެރިންގެ އަދަދު: 54
- 3 ވަށް މޭޒު (ކޮންމެ މޭޒެއްގައި 10 ގޮނޑި)
- 3 ވަށް މޭޒު ( ކޮންމެ މޭޒެއްގައި 8 ގޮނޑި)
- ފަރިއްކޮޅު އޮންނަ ހޯލުގައި ސްޓޭޖެއް ތައްޔާރުކޮށްދީފައި ހުރުން (32ފޫޓު*16ފޫޓު)
- ފަރިއްކޮޅު މާލެއިން ބޭރުގައި ހަމަޖައްސާނަމަ ދަތުރުފަތުރުގެ އިންތިޒާމު ހަމަޖައްސަވަންވާނީ ކޭޓަރކޮށްދޭ ފަރާތުންނެވެ.
- މި ޕްރޮޖެކްޓަށް ހުށަހެޅޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:
- އަގަށް: 40 ޕޮއިންޓް
- ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 40x
- ތަޖުރިބާ: 60 ޕޮއިންޓު
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 4 އޮކްޓޫބަރު 2015 ވާ (އާދީއްތަ) ދުވަހުގެ 10:00 އަށް މިމިނިސްޓްރީ (ވެލާނާގޭގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339211/3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
29 ސެޕްޓެންބަރު 2015
ހޯދާ