ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ޝަރުޢީ އަގު ކޮމިޓީއަށް މެމްބަރުން ހޯދުން

ޝަރުޢީ އަގުކޮމިޓީއެއް އެކުލަވާލުން

         ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޝަރުޢީގޮތުން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުމަށްޓަކައި އަގުކޮމިޓީގެ ދަފްތަރެއް އެކުލަވާލަން ބޭނުންވެއެވެ.

•      ބޭނުންވާ އަދަދު: 10 (ދިހައެއް)

•      މުއްދަތް : 03 އަހަރު

•      މަސައްކަތުގެ އުޖޫރަ: މަސައްކަތުގައި އުޅޭ ކޮންމެ ދުވަހަކަށް -/300(ތިންސަތޭކަ) ރުފިޔާ.

ޝަރުޠު:

•      ގޯތިގެދޮރާއި އެހެންވެސް އެފަދަ ތަންތަނާއި ތަކެތި އަގު ކުރުމުގެ ފަންނީ އަދި ޢަމަލީ މަޢުލޫމާތު ލިބިފައިވުމާއި އަދި އެކަމަށް އެކަށޭނެ މިންވަރަށް ތަޢުލީމާއި ތަޖުރިބާ ލިބިފައިވުން ނުވަތަ ލިޔަންކިޔަން އެނގުން.

ކުރަންޖެހޭ މަސައްކަތް:

•      ކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާ ތަކާއި ގުޅިގެން، އަގު ކުރަންޖެހޭ ޢިމާރާތްތަކާއި، ތަންތަނާއި، ތަކެތި އަގުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ، އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

4- މަސައްކަތު ތަޖުރިބާގެ ލިޔުން.

5- މެމްބަރުކަމަށް އެދޭ ފަރާތުގެ ވަނަވަރު

         މިކަމަށް އެދޭ ފަރާތްތަކުން 20 އޯގަސްޓް 2025 ވަނަ ދުވަހުގެ 13:30 ގެ ކުރިން މިކޯޓަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުވަން ބޭނުންވާ ފަރާތްތަކުން [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ.

30 ޖުލައި 2025
ހޯދާ