| 
 ލ. ގަމުގެ ބޮޑެތި މަގުތަކާއި އިޖުތިމާޢީ ސަރަހައްދުތައް ސާފުކުރާ ފަރާތްތަކުގެ ޕޫލްގައި ރަޖިސްޓްރީވުމަށް ކުރި (IUL)399-MS/399/2025/69 ނަންބަރު އިޢުލާނު ބާޠިލްކޮށް އަލުން ހުޅުވާލުން  
 | 
| 
 މަޤާމު: 
 | 
 މަސައްކަތު 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 75 (ހަތްދިހަ ފަހެއް) 
 | 
| 
 މަޤާމުގެ ގިންތި: 
 | 
 ވަގުތީ (1 އަހަރު ދުވަހަށް) 
 | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން: 
 | 
 ލ. ގަމުގެ ބޮޑެތި މަގުތަކާއި ޢިޖުތިމާއީ ސަރަހައްދުތަށް 
 | 
| 
 މަސައްކަތުގެ އުޖޫރަ: 
 | 
- މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 50.00 ރުފިޔާ.
 
- ރަމަޟާންމަހު މަސައްކަތު ނުކުންނަ ދުވަހަކަށް ކައުންސިލުން ކަޑައަޅާ ޢަދަދެއްގެ އެލަވެންސްއެއް ލިބޭނެއެވެ.
 
 
 | 
| 
 މަސައްކަތް ކުރަންޖެހޭ ގަޑި: 
 | 
- ސާފުކުރުމުގެ މަސައްކަތް ކުރާނީ މަހަކު 20 ދުވަހުގައެވެ. އަދި މަސައްކަތް ކުރާނީ ކޮންމެ ދުވަހަކުވެސް 2 ގަޑިއިރައްވުރެން އިތުރުނުވާ ގޮތަށެވެ. 
 
- މަސައްކަތް ފަށާ ގަޑިއަކީ އެދުވަހެއްގައި ކައުންސިލުން ކަނޑައަޅާ ގަޑިއެކެވެ.
 
- މަސައްކަތުގައި ހޭދަވާ ގަޑީގެ އަދަދު ބެލުމަށް ހާޒިރީ ބަލަހައްޓާ ސުޕަވައިޒަރަކު މަސައްކަތްކުރާ ސައިޓްގައި ހަރަކާތްތެރިވާނެއެވެ. މި ގޮތުން ސުޕަވައިޒަރު މަސައްކަތް ފެށިގަޑިއާއި ނިމުނު ގަޑި ބަލާ ހާޒިރީގައި ސޮއިކުރުވާނެއެވެ.
 
 
 | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 | 
   
- ކައުންސިލުން ކަނޑައަޅާ ތާވަލާއެއްގޮތަށް ކަނޑައެޅިފައިވާ މިންވަރަށް ސާފުކުރަން ހަވާލުކުރާ މަގުތަށް ސާފުކުރުން.
 
- ކައުންސިލުން ކަނޑައަޅާ ތާވަލާއެއްގޮތަށް ހަވާލުކުރާ އިޖުތިމާޢީ ސަރަހައްދުތަށް ކަނޑައެޅިފައިވާ މިންވަރަށް ސާފުކުރުން.
 
  | 
| 
 މަޤާމުގެ ޝަރުޠުތައް: 
 | 
- ·         ދިވެހި ރައްޔިތެއްކަމުގައިވުން / އެހެން ޤައުމެއްގެ ރައްޔިތެއްނަމަ އެފަރާތަކީ ދިވެހި ރައްޔިތަކާއި ކައިވެނިކޮށްގެން އުޅޭ ފަރާތަކަށްވާންވާނެއެވެ.
 
- ·         އުމުރުން 18 އަހަރު ފުރިފައިވުން
 
- ·         މަސައްކަތްކުރެވޭވަރުގެ ރަނގަޅު ސިއްހަތެއްގައި ހުރިފަރާތަކަށްވުން.
 
 
 | 
| 
 ހުށަހަޅަންޖެހޭ ތަކެތި: 
  
 | 
- ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ  ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
 
- ރަޖިސްޓްރީވުމަށް އެދޭފަރާތުގެ ބޭންކް އެކައުންޓް އަންގައިދޭފަދަ ލިޔުމެއް.
 
 
 | 
| 
 ރަޖިސްޓްރީވުމަށް ކަންކުރަންވީ ގޮތް: 
 | 
- ޕޫލްގައި ރަޖިސްޓްރީވުމަށް އޮންލައިންކޮށް ފޯމް ފުރުން
 
 
https://forms.office.com/r/sQ8G3Q76gA 
- ޕޫލްގައި ރަޖިސްޓްރީވުމަށް ފޯމް ފުރުމުގެ ސުންގަޑިއަކީ 11 އޯގަސްޓް 2025 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 އެވެ.
 
 
 | 
| 
 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6800766 ނުވަތަ 7811515 އަށެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. 
މިމަސައްކަތުގައި ކަންކުރާނެގޮތުގެ އުސޫލު ރަޖިސްޓްރީވާ ފަރާތްތަކަށް ހިއްސާކުރެވޭނެއެވެ. 
  
 |