ޞަލާޙުއްދީން ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގެ ހޯލުގައި ހަރުކުރުމަށް ބޭނުންވާ ލެޑް ޕެނަލް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

      ބީލަން ހުށަހެޅުމުގެ ދަޢުވަތު

    ލެޑް ސްކްރީންތައް ފޯރުކޮށްދީ އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި ސްކޫލްގެ ނަމްބަރު (IUL)SS/2025/33 އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

    ވީމާ، މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

  1. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް  2025 ޖުލައި 30 އިން 2025 އޮގަސްޓް 07 ގެ ނިޔަލަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރެޖިސްޓްރޭޝަން ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  3. "ބިޑް ރެޖިސްޓްރޭޝަން ފޯމް" ގެ ލިންކު: https://forms.gle/ktyQ4Mx38c9HaJU47
  4. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 އޮގަސްޓް 07 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  2025 އޮގަސްޓް 11 ވަނަ ދުވަހުގެ 09:00  ގައި  މިސްކޫލުގެ 05 ވަނަ ފަންގިފިލާގެ މީޓިންގ ރޫމްގައިއެވެ.
  6. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  7. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ޞަލާޙުއްދީން ސްކޫލް ޕްރޮކިއުމަންޓް ސެކްޝަން
  • ފޯން: 3302457
  • އީ-މެއިލް: [email protected]

 

 

30 ޖުލައި 2025
ހޯދާ