ށ. ނޫމަރާ ސްކޫލް
ދިވެހިރާއްޖެ
2026 ވަނަ ދިރާސީ އަހަރު ދަރިވަރުން އަލަށް ސްކޫލަށް ވެއްދުމާގުޅޭ

 

ނޫމަރާ ސްކޫލް

 ނޫމަރާ ދިވެހިރާއްޖެ                                                      ނަންބަރު: GS102/IUL/2025/12

 

އިޢުލާނު

 

2026 ވަނަ ދިރާސީ އަހަރު ދަރިވަރުން އަލަށް ސްކޫލަށް ވެއްދުމާގުޅޭ

 

       2026 ވަނަ އަހަރު މި ސްކޫލަށް އަލަށް ވަންނަން އެދޭ ދަރިވަރުންނަށް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ސްކޫލަށް ދަރިވަރުން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައިވާ ތާވަލާ އެއްގޮތަށެވެ.

                   

ގްރޭޑް

2026 ވަނަ އަހަރު ދަރިވަރު ވައްދާ ޢުމުރުފުރާ

އެލް.ކޭ.ޖީ

31 ޑިސެމްބަރ 2025 އަށް 4 އަހަރުފުރި 5 އަހަރު ނުފުރޭ ދަރިވަރުން.

ޔޫ.ކޭ.ޖީ

31 ޑިސެމްބަރ 2025 އަށް 5 އަހަރުފުރި 6 އަހަރު ނުފުރޭ ދަރިވަރުން. އަދި 2025 ވަނަ ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަ ކޮއްފައިވާ ހުރިހާ ދަރިވަރުން 2026 ވަނަ ދިރާސީ އަހަރު (27 ޖަނަވަރީ 2026 ގައި ފެށޭ) ޔޫ.ކޭ.ޖީ އަށް ބަދަލުކުރެވޭނެވެ.

ގުރޭޑް 1

31 ޑިސެމްބަރ 2025 އަށް 6 އަހަރުފުރި 7 އަހަރު ނުފުރޭ ދަރިވަރުން. އަދި 2025 ވަނަ ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަ ކޮއްފައިވާ ހުރިހާ ދަރިވަރުން 2026 ވަނަ ދިރާސީ އަހަރު (27 ޖަނަވަރީ 2026 ގައި ފެށޭ) ގުރޭޑް 1 އަށް ބަދަލުކުރެވޭނެވެ.

 

      ވީމާ، 2026 ވަނަ އަހަރު މި ސްކޫލަށް އަލަށް ވައްދަންއެދޭ ދަރިވަރުންގެ ފޯމު ފުރުއްވުމަށްފަހު 31 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން މި ސްކޫލަށް ހުށައެޅުމަށް ދަންނަވަމެވެ.

 ނޯޓް: 31 ޖުލައި 2025 އިން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން މެންދުރު 14:00 އާ ދެމެދު ސްކޫލް އޮފީހުން ފޯމް ލިބެން ހުންނާނެއެވެ.

                          ވީމާ، މިކަން އާއްމުކޮށް އަންގައި އިޢުލާނުކުރީމެވެ.

 

30 ޖުލައި 2025
ހޯދާ