ތިލަދުންމަތީ އުތުރުބުރީ ވަށަފަރު މަދަރުސާ
ދިވެހިރާއްޖެ
ސްކޫލު އޭވީ ރޫމް ޢިމާރާތުގެ ސީލިންގް މަރާމާތު ކުރުމާއިގުޅޭ

 

 

 މިސްކޫލުން ދޭ މައުލޫމާތާއި އެއްގޮތަށް، މިސްކޫލުގެ އޭވީ ރޫމް ޢިމާރާތުގެ ސީލިންގް މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ  ފަރާތެއް ހޯދަންބޭނުންވެއެވެ. 

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ސްކޫލުގެ އީމެއިލް ([email protected]) އަށް މެއިލްކޮށްގެން (މެއިލްކޮށްފިނަމަ ސްކޫލަށް މެއިލް ލިބުންކަން ކަށަވަރު ކުރަށްވާނެ) ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުމަށް މެއިލް ފޮނުވަންޖެހޭ މުއްދަތަކީ މިއިޢުލާން ގެޒެޓްކުރާ ވަގުތުން ފެށިގެން 2025 އޮގަސްޓް 03 ވަނަ ދުވަހުގެ 10:00 އަށެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކޮށް ޕްރިބިޑް މީޓިންގއަށް ހާޒިރުވި ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުމަށް ފޮނުވާ އީމެއިލް ގައި، އިޢުލާން ނަންބަރ، ގުޅޭނެ ފޯނު ނަންބަރު ޖެހުމަށް ފަހު ވިޔަފާރީ ރަޖިސްޓްރީގެ  ކޮޕީ އެއް އެޓޭޗް ކުރެވިފައިއޮންނަށްވާނެއެވެ.

 

މިމަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 2025 އޮގަސްޓް 03 ވަނަ ދުވަހުގެ 11:00 ގައި ވަށަފަރު ސްކޫލް އޮފީހުގައެވެ.

މިމަސައްކަތާއި  ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ  2025 އޮގަސްޓް 03 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑުރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 2025 އޮގަސްޓް 07 ވަނަ ދުވަހުގެ 11:00 ގައި ވަށަފަރު ސްކޫލް އޮފީހުގައެވެ.

މިކަމާއިގުޅޭ މަޢުލޫމާތު ޝީޓު މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑުރެހުން ލިބިވަޑައިގަންނަވާނެއެވެ.

ވަށަފަރު ސްކޫލް

ހއ.ވަށަފަރު ، ދިވެހިރާއްޖެ

ފޯން: 7972090

އީމެއިލް: [email protected]  

 

05 ޞަފަރު 1447

30 ޖުލައި 2025
ހޯދާ