ދިވެހިރާއްޖެ
އިޢުލާން ނަންބަރ: GS149/IUL-2025/09
ބާވެފައިވާ ތަކެތި ނީލަން ކިޔުން
މި ސްކޫލްގެ އިޢުލާން ނަންބަރ GS149/IUL-2025/09 އިޢުލާނުގައިވާ ގޮތުގެމަތިން، 2025 ޖުލައި 29 ވަނަ ދުވަހު ބޭއްވި ނީލަމުގައި އެއްވެސް ފަރާތަކުން ބައިވެރިވެފައިނުވާތީ އަލުން ނީލަން ކިޔުން، 06 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ 13:00ގައި ސްކޫލްގެ އިދާރާގެ ގޯތިތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން،06 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ 13:00 އަށް ބޮޑުފޮޅުދޫ ސްކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ. ނީލަން ކިޔާތަކެތީގެ ލިސްޓާއި، ނީލަންފެށޭ އަގުތަށް ތިރީގައިއެވަނީއެވެ.
ފަހަރަކު މަދުވެގެން އިތުރު ކުރެވޭ ޢަދަދު |
ނީލަން ފެށޭއަގު |
ތަކެތީގެ ބާވަތް |
ޢަދަދު |
-/1ރ |
ގޮނޑިއެއް -/6ރ |
ގޮނޑި(އަތްގަނޑުލީ) (ކުދި) |
5 |
-/1ރ |
ގޮނޑިއެއް -/8ރ |
ގޮނޑި(އަތްގަނޑުނުލާ) |
48 |
-/1ރ |
ގޮނޑިއެއް -/11ރ |
ގޮނޑި(އަތްގަނޑުނުލާ) |
5 |
-/1ރ |
ޑެސްކެއް -/28ރ |
ޑެސްކު(60*40ސމ) |
82 |
-/1ރ |
މެޝިނެއް -/1619ރ |
ފޮޓޯ ކޮޕީ މެޝިން |
2 |
-/1ރ |
-/500ރ |
ޕްރިންޓަރ hp laserJet 1010 |
1 |
-/1ރ |
-/500ރ |
ޕްރިންޓަރ hp DeskJet 6540 |
1 |
-/1ރ |
-/800ރ |
ފެކްސް މެޝިން |
1 |
-/1ރ |
-/300ރ |
ޑީވީޑީ ޕްލޭޔަރ |
1 |
-/1ރ |
ފޯނެއް-/23ރ |
ޓެލެފޯނު |
2 |
-/1ރ |
މެޝިނެއް -/1200ރ |
ޗާޕް މެޝިން |
2 |
-/1ރ |
-/175ރ |
ކަރޯކޭ ސިސްޓަމް |
1 |
-/1ރ |
-/40ރ |
ހަރުގަނޑު |
1 |
-/1ރ |
-/125ރ |
ހަރުގަނޑު |
1 |
-/1ރ |
-/60ރ |
ހަރުގަނޑު |
1 |
-/1ރ |
ސީ.ޕީ.ޔޫއެއް -/415ރ |
ސީ.ޕީ.ޔޫ |
6 |
-/1ރ |
މޮނީޓަރެއް-/300ރ |
ކޮމްޕިޔުޓަރ މޮނީޓަރ(ޑެސްކްޓޮޕް) |
6 |
-/1ރ |
-/350ރ |
ކޮމްޕިޔުޓަރ މޮނީޓަރ(ޑެސްކްޓޮޕް) |
1 |
-/1ރ |
ކޯބޯޑެއް -/75ރ |
ކީބޯރޑު |
6 |
-/1ރ |
މައުސްއެއް-/50ރ |
މައުސް |
8 |
-/1ރ |
ބަރޮލެއް -/43ރ |
ބަރޯ |
4 |
-/1ރ |
އެމްޕްލިފަޔަރެއް -/125ރ |
އެމްޕްލިފަޔަރ |
3 |
-/1ރ |
-/555ރ |
އެމްޕްލިފަޔަރ |
1 |
-/1ރ |
-/1053ރ |
އެމްޕްލިފަޔަރ |
1 |
-/1ރ |
-/114ރ |
ސްޕީކަރ(ސައުންޑް ސިސްޓަމް) |
1 |
-/1ރ |
-/35ރ |
އެކްސްޓެންޝަން ސޮކެޓް |
1 |
-/1ރ |
ގަޑިއެއް -/20ރ |
ގަޑި(ފާރުގައި ހަރުކުރާ) |
3 |
-/1ރ |
ބުންބާއެއް-/25ރ |
ބުންބާ |
2 |
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ދެއްކުމަށްފަހު، ސަރުކާރު ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގައި ނީލަމުން ތަކެތި ނެގިފަރާތުން ތަކެއްޗަށް ފައިސާ ނުދައްކައިފިނަމަ، ދެވަނައަށް އެންމެ މަތިން ހުށަހެޅިފަރާތަށް ނީލަން ކާމިޔާބުވިކަމަށް ބަލައި ތަކެތި ދޫކުރެވޭނެއެވެ. ފައިސާ ދެއްކެވުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެތި ސްކޫލުން ކަނޑައަޅާ ގޮތެއްގެ މަތިން ނައްތާލެވޭނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބޮޑުފޮޅުދޫ ސްކޫލް
އއ.ބޮޑުފޮޅުދޫ
ފޯން: 6660841
އީ-މެއިލް: [email protected]
5 ޞަފަރު 1447
30 ޖުލައި 2025