ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދީނީ ސުވާލު މުބާރާތް 1447

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ އަންހެން އަދި ފިރިހެން ބޭފުޅުންނަށް ޙާއްޞަ ކުރެވިގެން "ދީނީ ސުވާލު މުބާރާތް 1447" ގެ ނަމުގައި ސުވާލު މުބާރާތެއް 2025 ސެޕްޓެމްބަރ މަސްތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ދީނީ ކަންކަމަށް ލޯބި ޖެއްސުމާއި ދީނީ މައުލޫމާތު މުއްސަނދިކުރުމާއި ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމާއި އެއްބަޔަކު އަނެއްބަޔަކާއި ބައްދަލުވެ އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވޭ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގުރުއަތުން ހޮވޭ 10 ޓީމްގެ މެދުގައެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު، 06 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށައެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް، ލިންކު https://forms.office.com/r/yrT5amynG1  މެދުވެރިކޮށް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ޓީމް ލިސްޓް ހުށައަޅަންޖެހޭ ސުންގަޑި ބައިވެރިވާ ޓީމްތަކުގެ މެނޭޖަރުންނާއި ހިއްސާކުރެވޭނެއެވެ. ޓީމް ލިސްޓް ބަލައިގަނެވޭނީ މިއިދާރާގެ އީމެއިލް:[email protected]  މެދުވެރިކޮށެވެ.

މުބާރާތުގެ ޤަވާއިދު މިއިދާރާގެ ވެބްސައިޓްwww.kulhudhuffushicity.gov.mv  އިން ލިބެން ހުންނާނެއެވެ. އަދި މުބާރާތުގެ ޤަވާއިދު މި އިއުލާންއާއެކު ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ. މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527105 އަށެވެ.

29 ޖުލައި 2025
ހޯދާ