ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޓީލާ ނީލަމުގައި ކޭބަލް ރޯލެއް ވިއްކާލުން

މި ކައުންސިލްގައި އޮތް 50 އެމް.އެމްގެ 4 ކޯ (އާރމާރޑް) 1000 މީޓަރުގެ ދިގު ކަރަންޓް ކޭބަލް ރޯލެއް ސިޓިލާ ނީލަމުގައި ގަންނާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                   ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 އޮގަސްޓް 2025 ވާ އާދީއްތަދުވަހުން ފެށިގެން 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އަށް މި އިދާރާއަށް ވަޑައިގެން، ތަކެތި ގަންނަން ހުށަހަޅާ އަގު ބަޔާންކޮށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ކޮނެމެ ދުވަހަކު ހުށަހަޅާ އެންމެ މަތީ އަގު އެދުވަހެއްގެ 14:00 ގެ ކުރިން ސަރުކާރުގެ ގެޒެޓްގައި ޢާއްމު ކުރެވޭނެއެވެ. އަގު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް އަގު ހުށަހަޅާ ފަރާތުގެ ސިޓީ އެއް ހުށަހަޅަންވާނެއެވެ.

ނީލަމަށް ހުށަހަޅާ އަގު ޖެހިޖެހިގެން 3 ދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެއަގަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ފެށުމަށް ހަމަޖެހިފައިވާ އަގަކީ 200،000.00ރ (ދެލައްކަ) ދިވެހި ރުފިޔާ އެވެ. އަދި ނީލަމަށް ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގަކީ 1،000.00ރ (އެއްހާސް) ދިވެހި ރުފިޔާ އެވެ. ނީލަމުގައި އެންމެ މަތީ އަގެއް ހުށަހަޅައިގެން ނީލަން ކާމިޔާބު ކުރާ ފަރާތަށް ފައިސާ ދެއްކުމަށްޓަކާ ރަސްމީ 15 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. މި މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ދެވަނަޔަށް އެންމެ ބޮޑު އަގު ހުށަހެޅި ފަރާތަށް އެ ފުރުޞަތު ދެވޭނެއެވެ. ދެވަނަޔަށް އެންމެ ބޮޑު އަގު ހުށަހެޅި ފަރާތުން ވެސް ފައިސާ ނުދައްކައިފިނަމަ ނީލަން ބާޠިލް ކުރެވޭނެއެވެ.

ކޭބަލް ރޯލް ބައްލަވާލެއްވުމަށް އެދިލައްވާ ފަރާތްތަކުން ރަސްމީ ބަންދު ނޫން ކޮނެމް ދުވަހެއްގެ 9:00 ން 11:00 އާއި ދެމެދު މި އިދާރާއަށް ވަޑައިގަތުމުން ކޭބަލްރޯލް ދައްކާލުމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނެއެވެ. ކޭބަލް ރޯލާގުޅޭ އިތުރު މަޢުލޫމާތު ތިރީގައި އެވަނީ އެވެ.

ތަކެތި

ބްރޭންޑް

ދިގުމިން

އިތުރު ތަފްޞީލް

1 ރޯލް 4 ކޯ އާރމާރޑް ކަރަންޓް ކޭބަލް (50 އެމް.އެމް)

ކެލާނީ

1000 މީޓަރު

2002 ވަނަ އަހަރު ރަށުގައި އެޅުމަށް ގެނެސް ބޭނުންނުކޮށް ބާއްވާފައިވާ ކޭބަލް ރޯލެއް. ގާތްގަނޑަކަށް 5 މީޓަރު ހަލާކުވެފައި

 

                މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މުޙައްމަދު ޝާބިއު ((9712223 އާއި ގުޅުއްވުން އެދެމެވެ. 

29 ޖުލައި 2025
ހޯދާ