މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓް ކޯޓްރޫމާއި މެޖިސްޓްރޭޓް ރޫމް އަދި އެހެނިހެން މަރާމާތު ކުރުމާއި ގުޅޭ

ތުޅާދޫ މެޖިސްޓްރޭޓް ކޯޓްގެ ކޯޓްރޫމާއި، މެޖިސްޓްރޭޓް ރޫމާއި ޢިމާރާތުގެ ގޯތިތެރޭގައި ފެން ހިންދޭގޮތަށް ގައުޖަހާ ފެންހިންދާ ސިސްޓަމެއް ބަހައްޓާ އަދި ދިދަ ޕޯސްޓް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ.

މި ބީލަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ  "ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ނަންބަރު 2014/18 ޤާނޫނު" ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.  

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 05 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ 10:30 އަށް މި ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:30 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6608011 ގުޅުއްވައިގެން ނުވަތަ  [email protected]  އީމެއިލްއަށް ސާފުކުރަން ބޭނުންވެލައްވާ މަޢުލޫމާތުތައް ފޮނުއްވުން އެދެމެވެ.

29 ޖުލައި 2025
ހޯދާ