| 
 މަޤާމު: 
 | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ 
 | 
 ބޭނުންވާ އަދަދު: 
 | 
 1 
 | 
| 
 ވަޒީފާ އަދާކުރާ އޮފީސް: 
 | 
 އެމް.އެން.ޔޫ ބިޒްނަސް ސްކޫލް 
 | 
 ޑިޕާޓްމަންޓް: 
 | 
 އިދާރީ 
 | 
| 
 ގްރޭޑް: 
 | 
 05 
 | 
 ސްޕައިން ޕޮއިންޓް: 
 | 
 22 
 | 
| 
 އަސާސީ މުސާރަ: 
 | 
 މަހަކު 6,728.62 ރުފިޔާ 
 | 
 ސަރވިސް އެލަވަންސް: 
 | 
 މަހަކު   2,883.70ރުފިޔާ 
 | 
| 
 ވަޒީފާގެ ބާވަތް: 
 | 
 ދާއިމީ 
 | 
| 
 މަސައްކަތު ގަޑި: 
 | 
 15:00 އިން 21:00 އަށް 
 | 
| 
 މަގާމުގެ ޝަރުތުތައް: 
 | 
- އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން،ނުވަތަ،
 
- އެމް.އެން.ކިއު.އެފް ލެވެލް 5 ގެ ސެޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
 
  | 
| 
 އިނާޔަޔްތައް: 
 | 
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
 
- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
 
- ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
 
- ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
 
- ސްޓާފް ޖިމް ފެސިލިޓީ
 
- ލައިބްރަރީ މެމްބަޝިޕް
 
 
 | 
| 
 މަޤާމުގެ މަސްއޫލިއްޔަތު: 
 | 
- ކޮންމެ ޓާމެއްގެ ކިޔެވުން ފެށުމުގެ ކުރިން މާއްދާތަކުގެ ހާޒިރީ ފައިލްތައް ތައްޔާރުކުރުމާއި، ދަރިވަރުންގެ ރަޖިސްޓްރީ އާއި ލެކްޗަރަރުންގެ ކަރެސްބޮންޑެސް އާއި ދަރިވަރުންގެ އެންމެހާ ރެކޯޑްތައް ބެލެހެއްޓުން.
 
- ކޯސްތަކުގައި ކިޔަވާދެއްވާ ލެކްޗަރަރުންނަށް ބޭނުންވާ ޑޮކިއުމަންޓްސްތައް ޕްރިންޓް ކުރުމާއި، ދެއްވާ ޕޭޕަރުތައް ފޮޓޯކޮޕީ ހައްދާ ލެކްޗަރަރުންނާއި ހަވާލު ކުރުން. 
 
- ލެކްޗަރަރުން ދަރިވަރުންނަށް އަންގަވާ އެންގެވުންތަކާއި، ޓައިމްޓޭބަލްތައް ނޯޓިސްބޯޑުގައި ޖެހުމާއި، ކެންސަލްވާ ކުލާސްތަކާއި، އެކްސްޓްރާ ކުލާސްތަކާބެހޭ ގޮތުން ދަރިވަރުންނަށް އެންގުން.
 
- ޕަބްލިކް ލެކްޗަރތައް ބޭއްވޭނެ އިންތިޒާމް ހަމަޖައްސައި، އެކަން ދަރިވަރުންނަށް އެންގުން.
 
- ސެމިސްޓަރއެއްގެ ކޮންމެ ހަތަރު ހަފުތާއިން ދަރިވަރުންގެ ހާޒިރީ ޗެކްކޮށް ރިޕޯޓް ތައްޔާރުކުރުން. އަދި ދަރިވަރުންގެ އެމް.ސީ ތައް ގަވައިދުން ފައިލްކޮށް ބެލެހެއްޓުން.
 
- އެކިއެކި ކަންކަމާއިގުޅިގެން ދަރިވަރުން ހުށަހަޅާ ސިޓީ/ފޯމްތަކަށް ޖަވާބުދިނުން.
 
- ހަވާލުކުރެވޭ ޑިޕާޓްމަންޓުން ތަންތަނަށް ފޮނުވަންޖެހޭ ސިޓީ، އީމެއިލް، ފަދަ ތަކެތި ފޮނުވަންޖެހޭ ފަރާތަށް ފޮނުވުމާއި ފައިލް ކޮށްބެލެހެއްޓުން.
 
- ޑިޕާޓްމަންޓުން ހަވާލުކުރާ ދަރިވަރުންގެ ކަންތައްތައް ދުވަހުން ދުވަހަށް ނިންމުން.
 
- ޑިޕާރޓްމަންޓް އަދި ކެމްޕަސްތަކުގެ ސަބްޖެކްޓް އިވެލުއޭޝަން ހަދާ، ރިޕޯޓު ތައްޔާރުކުރުން.
 
- ދަރިވަރުންނާއި ލެކްޗަރަރުންނަށް ބާއްވާ މީޓިންތަކާއި، އޭ.އާރު.ސީ. ކޮމެޓީގެ މީޓިންތަކުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ދުވަހާއި ގަޑި އަންގާ މީޓިން ތަކުގެ އިންތިޒާމް ހަމަޖައްސާ ބެލެހެއްޓުން. އަދި މީޓިން ތަކުގެ ޔައުމިއްޔާ މީޓިން ބޭއްވޭތާ މަސައްކަތު 2 ދުވަސް ތެރޭގައި ލިޔެނިންމާ ފައިލްކޮށް ބެލެހެއްޓުން.
 
- ޕަވާރކެމްޕަސް އިން ސެކުޝަންތައް ތައްޔާރުކޮށް ސެލްފްސާރވިސްއަށް އެކުސަސް ދިނުމާއި ޓައިމްޓޭބަލް ޕަވާރކެމްޕަސް އަށް އެންޓަރކުރުމާއި ގެންނަ ބަދަލުތައް ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
 
-  ސެލްފް ސާރވިސް އާއި މޫޑުލް އަށް އެކްސަސް ވުމުގައި ދަރިވަރުން އަދި ލެކްޗަރާއިންނަށް ދިމާވާ މައްސަލަތައް ސްޓޫޑަންޓް ސާރވިސް އަށް އަންގައިގެން ރަގަޅުކުރުން އަދި ރަޖިސްޓްރޭޝަންގެ މައްސަލަތައް ހައްލުކުރުން.
 
- ކެމްޕަސްތަކަށް ދަތުރުކުރާ ލެކްޗަރާއިންގެ ދަތުރުތަކުގެ ޓިކެޓް ބުކްކޮށް ދަތުރުގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސައިދިނުން.
 
- ކިޔެވުން އޮންނަ ދުވަސްތަކުގައި ޑިއުޓީ ތާވަލާ އެއްގޮތަށް ޑިއުޓީ ބަލެހެއްޓުން.
 
- އިދާރީ މުވައްޒަފަކު ސަލާމްބުނެ ނުވަތަ ޗުއްޓީއެއް ނަގައިފިނަމަ ހަމަޖައްސާ އުސޫލުގެ މަތީން އެމުވައްޒަފަކާއި  ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުން.
 
 
 | 
| 
 އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
 
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
 
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
 
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
 
 
  
* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ. 
  
 | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 
 | 
 2025 އޮގަސްޓް 05 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް. 
https://tinyurl.com/MNUHR-2025-43 
   
 | 
| 
 ނޯޓް: 
  
 | 
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
 
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
 
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
 
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
 
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
 
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
 
 
 | 
| 
   
  
އިތުރު މަޢުލޫމާތު: 
 | 
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
 
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345143 ނަންބަރު ފޯނަށެވެ.
 
 
 |