މަކުނުދޫ މަަދަރުސާ، ހދ. މަކުނުދޫ
ދިވެހިރާއްޖެ
90 ޑެސްކް ޖެހުން

އަންދާސީހިސާބު ބޭނުންވެއްޖެ

މިމަދަރުސާއަށް 90 ޑެސްކު ޖަހަން ބޭނުންވެގެން 2015 ޖުލައި 12ވަނަ ދުވަހު ކުރި ނަންބަރު GS97/2015/24 ގެ އިޢުލާނާ ގުޅިގެން އެމަސައްކަތަށް ކުރިމަތިލެއްވި ފަރާތްތަކުން ކޯޓޭޝަން ހުށަހަޅުއްވާފައިނުވާތީވެ އެ އިއުލާނު ބާތިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

މިމަދަރުސާއަށް 90 ޑެސްކު ޖަހަން ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފުޞީލު

މަޢުލޫމާތު ދިނުން

އަންދާސީހިސާބު ހުށަހެޅުން

1

90 ޑެސްކު ޖެހުން

2015 އޮކްޓޫބަރު 5 ވަނަދުވަހުގެ

މެންދުރު ކުރީ 11.00ގައި

2015 އޮކްޓޫބަރު 13 ވަނަދުވަހުގެ

     މެންދުރު ކުރީ 11.00ގައި

މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ތިރީގައި މިދަންނަވާ ތަކެތި ހަމަކޮށް ގެންނަވަންވާނެއެވެ.

  • ހާޒިރުވެވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑު.
  • ވަކިފަރާތެއް ތަމްސީލުކުރައްވާ ބޭފުޅުން އެކަން އެނގޭނެ ރަސްމީ ލިއުމެއް (މިލިއުމުގެ ތާރީޚު ބިޑު ހުށަހަޅާ ތާރީޚުގެ 7 ދުވަހަށްވުރެ ކުރިވެގެން ނުވާނެއެވެ.)
  • ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެއްވޭނީ އެންމެ ފަރާތެކެވެ.
  • މަޢުލޫމާތު ސާފުކުރައްވަން ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑު ޤަބޫލެއް ނުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6520529 ނަންބަރު ފޯނަށެވެ.

    2 ޛުލްޙިއްޖާ 1436

16 ސެޕްޓެންބަރު 2015
ހޯދާ