ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤައުމީ ޤުރްއާން މުބާރާތައް ކުދިން ތައްޔާރުކޮށްދޭނެ ފަރާތެއްހޯދުމަށް

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 37 ވަނަ ޤައުމީ ޤުރްއާން މުބާރާތުގައި ލ.އަތޮޅު ކައުންސިލް ތަމްސީލުކުރާ ބައިވެރިން މުބާރާތަށް ތައްޔާރު ކުރުމުގެ ގޮތުން އޮންލައިންކޮށް ޤުރްއާން ކަޔަވައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތާއެކު ސެޝަނެއް ނަގައި ދެވޭނެ އަގު ބަޔާންކޮށް 2025 އޮގަސްޓް 3 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާގެ [email protected] މެއިލްއަށް ކޯޓޭޝަން ފޮނުއްވުން އެދެމެވެ.

- ޤުރްއާން ޢިލްމުން ލިބިފައިވާ އެންމެ މަތީ ސަނަދުގެ ކޮޕީ

- ލިބިފައިވާ ތަޖުރިބާ

- އައި.ޑީ ކާޑުގެ ކޮޕީ

21 ޖުލައި 2025
ހޯދާ