ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

މަޤާމް

ލީގަލް އޮފިސަރ  

މަޤާމުގެ ރޭންކް

L8 – E6 (T)

ބޭނުންވާ ޢަދަދު:

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް

ލީގަލް ފަންގޝަން

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 05 ދުވަހު – ދުވާލަކު 8 ގަޑިއިރު

އަސާސީ މުސާރަ

  -/8،200 ރުފިޔާ

ސަރވިސް އެލަވަންސް

-/3,500 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

  • ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  • ސާނަވީ އިމްތިހާނުން ދަށްވެގެން 4 މާއްދާއިން ސީ ގްރޭޑް ލިބިފައިވުމާއިއެކު 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން މަތީ ތަޢުލީމާއި ތަޖުރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
  • މީގެ އިތުރުން އަންނަނިވި ކަންކަމަށް ބެލޭނެއެވެ:-
    • މީހުންނާ މުއާމަލާތްކުރުމުގައި މަޑުމައިތިރިކަމާއި އަދަބުވެރިކަމާއި އިޚްތިރާމާއެކު މުޢާމަލާތުކުރުން.
    • ސިއްރު ހިފެހެއްޓުން.
    • މަސައްކަތްކުރުމުގައި ވަކި ފަރާތަކަށް ބުރަނުވެ، ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ކަންތައްތައް،  ޒިންމާދާރު ކަމާއެކު ނިންމުމުގެ ގާބިލުކަން ހުރުން.
    • މި ދާއިރާއާ ގުޅުންހުރި ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވުން.
    • ތަހުލީލީ އަދި ތަންޤީލީ ނަޒަރަކުން ވިސްނާ ފިކުރުކުރުމުގެ ޤާބިލުކަން ހުރުން.
    • މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ރަގަޅަށް ބޭނުންކުރަން އެނގުން.
    • ގިނަވަގުތު މަސައްކަތުގައި ހޭދަކުރުމާއި އަދި ހޭދަކުރެވޭފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
    • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ރާއްޖޭން ބޭރާއި، ރާއްޖޭގެ އެކި ފަރާތްތަކާއި، ކުންފުންޏާއި ދެމެދު ވެވޭ އެއްބަސްވުންތަކާއި، އެމް.އޯ.ޔޫތައް ޑްރާފްޓް އެކުލަވާލުން؛ 
  • އެއްބަސްވުންތަކުގައި ކުންފުނިން ކުރަން އެއްބަސްވެފައިވާ ކަންތައްތައް ފާހަގަކޮށް ދިމާވެދާނެ ޤާނޫނީ މައްސަލަތައް ކަމާއިބެހޭ ފަރާތްތަކާއި ޙިއްސާކުރުމާއި، އެފަދަ ކަންތައްތައް ލީގަލް ކައުންސެލްގެ ސަމާލުކަމަށް ގެނައުން؛
  • ޑިޕާރޓްމަންޓްތަކުން ތައްޔާރުކުރާ، އެގްރީމެންޓްތަކާއި އެމްއޯޔޫތައް ޗެކްކުރުމާއި، އެފަދަ ޑޮކިއުމެންޓެއްގައި ޤާނޫނީގޮތުން ފުރިހަމަވާންޖެހޭ ކަންކަން ހުރިތޯ ބަލާ ޗެކްކޮށް ފުރިހަމަ ކޮށްދިނުން؛ 
  • ލީގަލް ފަންގޝަނުން އެކި ފަރާތްތަކަށް ޖަވާބުދާރީވާންޖެހޭ ލިޔުންތަކުގެ ރެކޯރޑް ބެލެހެއްޓުމާއި، ޝަރުޢީ ކޯޓުތަކަށް ޖަވާބުދާރީވާންޖެހޭ ކަންކަމަށް މުހިންމު ސަމާލުކަމެއްދީގެން ސުންގަޑީގެ ކުރިން ޖަވާބުދާރީވުމަށް ލީގަލް ކައުންސެލް ނުވަތަ އެވަގުތަކު ލީގަލް ހިންގަން ހުންނަ ފަރާތެއްގެ ސަމާލުކަމަށް ގެނައުން؛  
  • ކުންފުނިން ތައްޔާރުކުރާ ޤާނުނީ ބައެއް ލިޔުންތައް ފޮނުވަންޖެހޭ ފަރާތްތަކަށް ސުންގަޑީގެ ކުރިން ފޮނުވުން؛ 
    • އެކި ފަރާތްތަކުން ފޮނުވާ ސިޓީ، ރިޕޯރޓް، އަދި މެއިލްތަކަށް ޤާނޫނީގޮތުން ދޭންޖެހޭ ޖަވާބުތައް ލީގަލް ކައުންސެލްގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ފޮނުވުން؛
    • ކުންފުނީގެ ފަރާތުން ދަޢުވާކުރުމާއި، ކުންފުނީގެ މައްޗަށް އެހެންފަރާތަކުން ކުރާ ދަޢުވާތަކުގައި ޝަރުޢީ ކޯޓްތަކުގައާއި، ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުން؛
    • ކޯޓްތަކާއި ޓްރައިބިއުނަލްތަކުގައި ހިނގާ މައްސަލަތަކާ ގުޅިގެން ތައްޔާރު ކުރަންޖެހޭ ދަޢުވާ ފޯރމާއި ބަޔާންތަކާއި، މިނޫންވެސް ދަޢުވާއާއި ގުޅޭ ޝަރުޢީ ލިޔުންތައް ތައްޔާރު ކުރުމާއި، ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން؛
    • ކޯޓުތަކަށް ހުށަހެޅި ހިނގަމުންދާ މައްސަލަ ދިރާސާކުރުމާއި، އަޑުއެހުންތަކަށް ތައްޔާރުކުރުން؛
    • ކޯޓުތަކާއި، ޓްރައިބިއުނަލްތަކުގައި ހިނގަމުންދާ ޝަރީޢަތުގެ އަޑުއެހުންތަކަށް ގަޑިނުޖެހި ޙާޟިރުވުން؛ 
    • ލީގަލް ފަންގޝަންގައި ވަކި ދުވަހަކަށް ނިންމަންޖެހޭ މަސައްކަތަކާއި ނުނިމިހުންނަ މަސައްކަތެއް މަސައްކަތްތަކުގެ ތަފްޞީލު އެމަސައްކަތެއް ނިންމަންޖެހޭ ސުންގަޑީގެ ކުރިން ލީގަލް ކައުންސެލް ނުވަތަ އެވަގުތަކު ލީގަލް ހިންގަން ހުންނަ ފަރާތެއްގެ ސަމާލުކަމަށް ގެނައުން؛ 
    • ލީގަލް ފަންގޝަންގެ ލިޔުންތައް ޤަވާޢިދުން، ފައިލް ކުރުމާއި، ފައިލިންގ ސިސްޓަމް ދުވަހުން ދުވަހަށް ބެލެހެއްޓުން.
    • ލީގަލް ފަންގޝަންގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ބައްދަލަވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
    • އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
    • އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
    • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)
  • ވަކާލާތު ކުރުމުގެ ހުއްދައިގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ. (ހުއްދަ ލިބިފައި ވާނަމަ)

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

 (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 31 ޖުލައި 2025 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000207 އާއި 3000228 ގުޅުއްވުން އެދެމެވެ.

24 ޖުލައި 2025
ހޯދާ