ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު PC/308/2025/10
ދަތުރުވެރިންގެ މައިޒާނުގެ ކުރެހުމާއި ބީއޯކިއު ހަދައި، މައިޒާން ޢިމާރާތްކޮށް، އެތަން 30 އަހަރު ދުވަހުގެ މުއްދަތަށް ހިންގުމާއި މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ބިމުގެ މަޢުލޫމާތު
- ކޮށީ ނަންބަރު: k-3
- ތަރުތީބު ނަންބަރު: 777
- ބޮޑުމިން: 2450 އަކަފޫޓް
- ބިން އޮތް ސަރަޙައްދު: ހިކިފިނިފެންމާގެ އާ އިންވެގެން ދެކުނަށް
މަސައްކަތާބެހޭ މަޢުލޫމާތު
- ދެބުރީގެ ދަތުރުވެރިންގެ މައިޒާން ކުރެހުމާއި ބީއޯކިއު އާއި ސަރވިސް ޑްރޯވިންތައް ތައްޔާތުކުރުން.
- ގްރައުންޑް ފްލޯރ : ސީޓިންގ އޭރިއާ، ސްޓޯރ ރޫމް، ދެ ފާޚާނާ، ފްރަންޓް އޮފީސް.
- ދެވަނަ ބުރި : ރެސްޓޮރަންޓް
- ޢިމާރާތުގެ ފައިނަލް ކޮންސެޕްޓް ޑިޒައިނާއި ކުރެހުންތައް ކައުންސިލަށް ހުށަހަޅައި، ލިޔުމުން، ކައުންސިލްގެ ރުހުން ހޯދުން.
- ކުރެހުމާއި އެއްގޮތަށް ޢިމާރާތްކުރުން.
- ޢިމާރާތަށް ކަރަންޓާއި ފެނާއި ނަރުދަމާގުޅުން.
- ޢިމާރާތުގެ ފަރުނީޗަރު ހަމަކުރުން.
- މަރާމާތުކޮށް ބެލެހެއްޓުން.
- ޢިމާރާތުގެ ދެވަނަ ބުރީގައި ހުންނަ ރެސްޓޮރަންޓް ހިންގައި ބެލެހެއްޓުން.
- ޢިމާރާތުގެ ގްރައުންޑް ފްލޯ ކައުންސިލާ ޙަވާލުކުރުން.
މަޝްރޫޢުގެ މުއްދަތު
- ބިން ކުއްޔަށް ދޫކުރާ މުއްދަތަކީ 30 (ތިރީސް) އަހަރުދުވަހެވެ. އަދި މިމުއްދަތުގެތެރެއިން 5 (ފަހެއް) އަހަރު ދުވަހުގެ ގްރޭސްޕީރިއަޑް (ކުލި ނުހިގާ މުއްދަތު) ލިބޭނެއެވެ.
އަގު ހުށަހެޅުން
- އަގު ހުށަހަޅާނީ ގްރޭސްޕީރިއަޑްގެ ފަހުން، މަހުން މަހަށް ދައްކާ އަގެވެ. ބިމަށް ހުށަހެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 2 (ދޭއް) ރުފިޔާއެވެ.
ރަޖިސްޓްރީކުރުން |
2025 އޯގަސްޓް 04 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ. ދަތުރުވެރިންގެ މައިޒާން ތަރައްޤީކުރުމުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. |
މަޢުލޫމާތު ސާފުކުރުން |
މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2025 އޯގަސްޓް 04 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. އީމެއިލް އެޑްރެސް: [email protected] ކޮޕީ: [email protected] |
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް |
|
އަގު ހުށަހަޅަންވީ ގޮތް:
- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
- ބީލަން ހުށަހަޅަންވާނީ މިކައުންސިލުން ތައްޔާރުކޮށްފައިވާ ބީލަން ފޯމުންނެވެ.
- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
"ދަތުރުވެރިންގެ މައިޒާން ތަރައްޤީކުރުން"
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ.
- އަންދާސީ ހިސާބު ހުށަހަޅާ ފޯމް.
- ޢިމާރާތުގެ ކޮންސެޕްޓް ކުރެހުން.
- ޓެކްސް ކުލިއަރެންސް ރިޕޯޓް.
ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:
- ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
- އަކަފޫޓަކަށް ހުށަހަޅާ އަގު: %50
- ޢިމާރާތް މަރާމާތުކޮށް ބަލަހައްޓައިދޭ މުއްދަތު: %30
- ޢިމާރާތުގެ އެންމެ ރަނގަޅު ކޮންސެޕްޓް ކުރެހުމަށް: %20
- ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ބޮޑުއަގެވެ.
- ބިޑް އިވެލުވޭޓްކުރުމުގައި ދަތުރުވެރިންގެ މައިޒާނުގެ އެންމެ ރަނގަޅު ކޮންސެޕްޓް ހޮވާނީ ކައުންސިލުންނެވެ.
- ބިޑް އިވެލުވޭޓްކުރުމުގައި ބެންޗް މާކުގެ ގޮތުގައި ބަލާނީ ޢިމާރާތް މަރާމާތުކޮށް ބަލަހައްޓައިދޭން ހުށަހަޅާ އެންމެ ދިގު މުއްދަތެވެ.
- ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
އިތުރު މަޢުލޫމާތު
- ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ، 1 (އެކެއް) އަންދާސީ ހިސާބެވެ.
- ވިޔަފާރީގެ ވެރިފަރާތް ނޫން ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅަން ޙާޟިރުވާނަމަ، އެކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.