ދިވެހިރާއްޖެ
ނަންބަރު: 258/258/2025/55(IUL)
އިޢުލާން
ހަނިމާދޫގައި 4 ޕާކު ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް 4 ޕާކު ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 30 ޖުލައި 2025 ވަނަ ދުވަހުގެ 11:30 އަށް ހަނިމާދޫ ކައުންސިލްގެ އިދާރާއަށް ހާޒިރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ތަފްސީލު |
ތާރީޙް |
ގަޑި |
ކޯޓޭޝަން ހުށައެޅުން |
30 ޖުލައި 2025 |
11:30 |
ކޯޓޭޝަން ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) ކޯޓޭޝަންއެވެ. ކޯޓޭޝަން ހުށައެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައިއެވެ. ކޯޓޭޝަން ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ ކޯޓޭޝަންތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
އިޙްތިރާމް ގަބޫލުކުރެއްވުން އެދެމެވެ.
28 މުޙައްރަމް 1447
24 ޖުލައި 2025