ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭމަންޑޫގެ ބަނދަރުން އޮޑިދޯނިފަހަރަށް ބޭނުންވާ ފެން ފޯރުކޮށް ދިނުން

ވޭމަންޑޫ ކައުންސިލުގެ އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތައް، ވޭމަންޑޫގެ ބަނދަރުން އޮޑިދޯނިފަހަރަށް ބޭނުންވާ ފެން ފޯރުކޮށް ދިނުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްކޮށް ދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ދެވޭ މަޢުލޫމާތުގެ އިތުރުން އިތުރަށް މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ، ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ފޯން ނުވަތަ އީމެއިލްގެ ޒަރިއްޔާއިން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް [email protected] މެއިލް ކުރެއްވުމަށް ފަހު [email protected] އަށް ސީ.ސީ ކުރައްވަން ވާނެއެވެ.

ބީލަންވެރިން ރަޖިސްޓްރީ ކުރުން:

24 ޖުލައި 2025 އިން 06 އޮގަސްޓް 2025 ވަނަ ދުވަހުގެ 14:00 އަށް.

ބީލަން ހުށަހެޅުމާއި، ހުޅުވުން:

14 އޮގަސްޓް 2025 ވަނަދުވަހުގެ 10:30 ގައި ވޭމަންޑޫ ކައުންސިލްގެ އިދާރާގައި، ބީލަން ހުށަހަޅާނީ ވޭމަންޑޫ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެއެވެ. މިގޮތުން ޙާޟިރުނުވެ ހުށަހަޅާ ހުށަހެޅުމެއް ބަލައި ނުގަނެވޭނެއެވެ. 

މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، މިއިދާރާގައި ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާފަރާތުގެ ނަން  ލިޔެވިފައި އޮންނަންވާނެއެވެ.  

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

24 ޖުލައި 2025
ހޯދާ