މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ސިވިލް އަދި އިންޓީރިއަރ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން- ރިޓެންޑަރ

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

އެމް.ޑަބްލިޔު.އެސް.ސީ. ޓްރޭޑިންގ ޝޯރޫމްގެ ސިވިލް އަދި އިންޓީރިއަރ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން- ރިޓެންޑަރ

މި ކުންފުނީގެ ފަރާތުން ކުރި އިޢުލާން ނަންބަރު: MWSC-61/ADV/2015/071 އަށް އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި ކުންފުނީގެ ފަރާތުން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެމަތިން އެމް.ޑަބްލިޔު.އެސް.ސީ ޓްރޭޑިންގ ޝޯރޫމްގެ ސިވިލް އަދި އިންޓީރިއަރ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު، މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ، ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/300 (ތިންސަތޭކަ) ރުފިޔާއެވެ.

ބީލަން ފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ، 1 އޮކްޓޫބަރު 2015 އިން 7 އޮކްޓޫބަރު 2015 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހުގެ 3:00 އަށް، އެމް.ޑަބްލިޔު.އެސް.ސީ. (ނިކަގަސް ހިނގުން) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ، 11 އޮކްޓޫބަރު 2015 ގެ ރަސްމީގަޑީގައި، ފެން ބިލްޑިންގގެ 5 ވަނަ ފަންގިފިލާއިންނެވެ. ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ، 13 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 11:20 ގައެވެ. އަދި ބިޑް ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚަކީ، 21 އޮކްޓޫބަރު 2015 ވާ ބުދަދުވަހުގެ 11:20 އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށަހަޅާއިރު، -/5،000 (ފަސްހާސް) ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ، ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

28 ސެޕްޓެންބަރު 2015
ހޯދާ