ދިވެހިރާއްޖެ
ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ބިންދޫކުރުން |
ފަތުރުވެރިކަމުގެ ބޭނުމަށް ގެސްޓް ހައުސް ތަރައްޤީ ކުރުމަށް ކުއްޔަށް ދޫކުރާ ބިންތައް 50 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
ކުއްޔަދިނުމަށް ހަމަޖެހިފައިވާ ބިމުގެ ތަފްޟީލް
ކުއްޔަށް ދޫކުރެވޭ ތަނުގެ ބޮޑުމިން (އަކަފޫޓް) |
ކުއްޔަށް ދޫކުރާ ބިމަށް ހުށަހެޅޭނެ އެންމެ ކުޑައަގު |
ކުއްޔަށް ދެވޭ ބިމުގައި ކުރެވޭނެކަންކަން |
ކުއްޔަށް ދޫކުރާ ތަނުގެ ނަން |
# |
17667 އަކަފޫޓް |
އަކަފޫޓަކަށް 1ރ |
ފަތުރުވެރިކަމުގެ ބޭނުމަށް ގެސްޓް ހައުސް ތަރައްޤީ ކުރުމަށް |
ލޮޓް TZ03-L01
|
1 |
8943 އަކަފޫޓް |
އަކަފޫޓަކަށް 1ރ |
ފަތުރުވެރިކަމުގެ ބޭނުމަށް ގެސްޓް ހައުސް ތަރައްޤީ ކުރުމަށް |
ލޮޓް TZ03-L02
|
2 |
7424 އަކަފޫޓް |
އަކަފޫޓަކަށް 1ރ |
ފަތުރުވެރިކަމުގެ ބޭނުމަށް ގެސްޓް ހައުސް ތަރައްޤީ ކުރުމަށް |
ލޮޓް TZ03-L03
|
3 |
8960 އަކަފޫޓް |
އަކަފޫޓަކަށް 1ރ |
ފަތުރުވެރިކަމުގެ ބޭނުމަށް ގެސްޓް ހައުސް ތަރައްޤީ ކުރުމަށް |
ލޮޓް TZ03-L04 |
4 |
ވީމާ، ދެންނެވުނު ބިންތައް ކުއްޔަށް ހިފަން ބޭނުންވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު ބީލަންފޯމް ނަންގަވާ ފޯމް ހުށަހެޅުމަށް ދެންނެވީމެވެ.
ބީލާމުގައި ރަޖިސްޓްރީވުން:
- ކުއްޔަށް ހިފުމަށް ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލްގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
- ބިޑުގައި ރަޖިސްޓްރީވުމަށްޓަކައި ތިރީގައި މިވާ ލިންކް މެދުވެރިކޮށް " ބީލަމުގައި ރަޖިސްޓްރީވާ ފޯމް" ފުރިހަމަ ކުރަންވާނެއެވެ.
- ފޯމް ލިންކް: https://forms.gle/dGoGUNcdaY91jDy47
- ބީލަމުގައި ރަޖިސްޓްރީވާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 29 ޖުލައި 2025 (އަންގާރަ) ދުވަހުން ފެށިގެން 07 އޮގަސްޓް 2025 (ބުރާސްފަތި) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 13:00އަށް ކައުންސިލް އިދާރާއިންނެވެ. މި މުއްދަތުގެ ތެރޭގައި ގޫގުލް ފޯމް މެދުވެރިކޮށް ފޯމް ހުށަހެޅުއްވާ ފަރާތްތަކަށްވެސް ބީލަމުގައި ރަޖިސްޓްރީ ކޮށްދެވޭނެއެވެ.
- މި ބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
- ބިން ކުއްޔަށް ދިނުމާގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި ބިޑު ފޯމް މިއިޢުލާނާއި ގުޅިގެން ބިޑް ރަޖިސްޓަރީ ކުރާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެއެވެ.
ބީލަން ހުށަހެޅުން:
- ބިން ކުއްޔަށް ހިފުމަށް އެދޭފޯމާއި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 01 ސެޕްޓެމްބަރ 2025 (ހޯމަ) ދުވަހުގެ 13:00 ގައި ކައުންސިލްއިދާރާގެ ކޮންފަރެންސް ހޯލްއެވެ. ސުންގަޑި ހަމަވުމަށްފަހު ލިބޭ ފޯމާއި ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.
ޕްރޮޕޯސަލްއާއެކު ހުށަހަޅާ އެންމެހާ ލިޔެކިޔުންތައް ހުންނަވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި މައުލޫމާތު ކަރުދާހުގައި ބަޔާން ކޮއްފައިވާ މައުލޫމާތު ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
29 މުޙައްރަމް 1447
24 ޖުލައި 2025