ދިވެހިރާއްޖެ
އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ބ. އަތޮޅުގައި 28 ޖުލައި 2025 ވާ ހޯމަ ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން 28 ޖުލައި 2025 އިން ފެށިގެން 03 އޮގަސްޓް 2025 އާއި ދެމެދު "އަހުލުވެރިކުރުމުގެ ދަތުރުތައް" (ހިލޭ ކުރާ ދަތުރު) ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތަކަށް ކޮންމެ ރަށަކަށްވެސް ޖާގަ ދޫކުރެވިފައިވަނީ ވަކި އަދަދަކަށެވެ. އެގޮތުން މި ރަށަށް ލިބިފައިވާ ޖާގައިގެ ތަފްޞީލް ތިރީގައި އެވަނީއެވެ.
ރޫޓް |
ދަރަވަންދޫއަށް ކަނޑައެޅިފައިވާ ޖާގައިގެ އަދަދު |
ކެންދޫ - އޭދަފުށި (06:15am – 08:00am) |
04 |
އޭދަފުށި – ކެންދޫ (3:45pm – 05:30pm) |
04 |
ގޮއިދޫ - އޭދަފުށި (06:15am – 08:00am) |
04 |
އޭދަފުށި – ގޮއިދޫ (3:45pm – 05:35pm) |
04 |
އޭދަފުށި – ދަރަވަންދޫ ((08:10am – 08:35am |
04 |
ދަރަވަންދޫ - އޭދަފުށި (08:40am – 09:05am) |
04 |
އޭދަފުށި – ދަރަވަންދޫ ((10:30am – 10:55am |
04 |
ދަރަވަންދޫ - އޭދަފުށި (03:05pm – 03:30pm) |
04 |
އެހެންކަމުން، މި މުއްދަތުގައި އާރް.ޓީ.އެލް ފެރީގައި ދަތުރުކުރައްވަން ބޭނުންފުޅުވާ ބޭފުޅުން ދަތުރުކުރަން ބޭނުންވާ ދުވަހުގެ ކުރީ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލްގެ އެސިސްޓަންޓް ކައުންސިލް އެގްޒެކެޓިވް، އާމިނަތު ޝިހާމާ (ފޯނު ނަންބަރު: 9784948) އާއި ގުޅައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.
ނަން ނޯޓު ކުރާއިރު ތިރީގައި މިވާ މަޢުލޫމާތު ބޭނުންވާނެއެވެ.
- ދަތުރުކުރާ ފަރާތުގެ އައި.ޑީ ކާޑު ނަންބަރު
- ދަތުރު ކުރާ ފާރާތުގެ ނަން
- ދަތުރު ކުރާ ފަރާތުގެ ފޯނު ނަންބަރު
- ދަތުރު ކުރާ ބޭނުން (ވިޔަފާރި، ވަޒީފާ، ޑޮކްޓަރަށް ދެއްކުން، ބޭންކްއަށް، އެއާޕޯޓަށް، ކައުންސިލްއަށް، އާއިލާ، އެހެނިހެން)
- ދަތުރު ފަށަން ބޭނުންވާ ރަށް
- ދަތުރު ނިންމަން ބޭނުންވާ ރަށް
އަދި ދަންނަވަމެވެ. ނަން ނޯޓު ކުރާނީ ގުޅާ ތަރުތީބުން ކަމުގައި ވީނަމަވެސް ކަނޑައެޅިފައިވާ ޖާގަ ހަމަވުމަށްފަހު ވެއިޓް ލިސްޓްގައި ނަން ނޯޓު ކުރުމުގެ ފުރުޞަތު އޮންނާނެ ކަމުގައި ދަންނަވަމެވެ. ވެއިޓިން ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ޖާގަ ކަށަވަރުވާނެކަން ނުވަތަ ނޫންކަން، ދަތުރު ކުރާ ދުވަހުގެ ކުރީ ރޭ 22:00 ގެ ކުރިން އެންގޭނެ ކަމުގައިވެސް ދަންނަވަމެވެ.
އާރް.ޓީ.އެލް ފެރީގައި އުފުލޭ ލަގެޖްގެ ތަފްޟީލް:
- ކޮންމެ ފަސިންޖަރަކަށް ގިނަވެގެން 1 ލަގެޖް ގެންދެވޭނެއެވެ.
- ލަގެޖް 20 ކިލޯއަށް ވުރެ ލުއި ވާންވާނެއެވެ.
- ލަގެޖްގެ ސައިޒް: އެންމެ ބޮޑުވެގެން (2ft O 2ft O2ft މި ސައިޒަށްވުރެ ބޮޑެތި ލަގެޖް އާރް.ޓީ.އެލް ގައި ނުއުފުލޭނެއެވެ.)
- ލަގެޖް ހުންނަންވާނީ ރަނގަޅަށް ޕެކްކޮށްފައެވެ. ރަނގަޅަށް ޕެކްކޮށްފައިވާނުވާ ކޮތަޅުތަކުގައި ހުންނަ މުދާ އާރް.ޓީ.އެލް ފެރީގައި ގެންގުޅުމަކީ މަނާކަމެކެވެ.
- ގަދަ ވަހެއް ހުންނަ ކާބޯތަކެތި/ މުދާ އާރް.ޓީ.އެލް ފެރީއަށް އެރުވުމަކީ މަނާކަމެކެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.