މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަތޮޅު ޤުރްޢާން މުބާރާތުގެ އޮޑިޝަނުންހޮވުނު ބައިވެރިންނަށް ޤުރްޢާން ފަރިތަކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ:

ރ.އަތޮޅު ޤުރުޢާން މުބާރާތުގައި ބައިވެރިވުމަށް ދުވާފަރުން ހޮވިފައިވާ ފަރާތްތަކަށް ޤުރްއާން ކިޔަވައިދީ މުބާރާތަށް ތަމްރީންކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ކުރިމަތިލެއްވޭނީ ދަށްވެގެން ޤާރީލެވެލް 3 ގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށެވެ. މިކަމަކީ އުނގަންނައިދިނުމުގެ އިތުރަށް، މުބާރާތަކަށް ބައިވެރިން ތައްޔާރު ކުރުން ކަމަށްވާތީ މިފަދަ ކަންކަމުގެ ތަޖުރިބާހުރި ފަރާތަކަށްވުމަކީ މުހިއްމު ކަމެކެވެ. ޤުރްއާން ކިޔަވައިދީ ފަރިތަކޮށްދޭނެ ފަރާތެއް ހޮވުމުގައި ލިބިފައިވަ ތަޖުރިބާއަށާއި މިރޮނގުން އެންމެމަތީ ސެޓްފިކެޓެއް ހާސިލްކޮށްފައިވާ ފަރާތަކަށް އިސްކަން ދެވޭނެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން ފޯމް ނެންގެވުމަށްފަހު 2025 އޮގަސްޓް 04 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފޯމާއިއެކު ތަޢުލީމީ ސެޓްފިކެޓާއި ދރއ.ކާރޑްގެ ސާފު ކޮޕީއަކާއި ތަޖުރިބާ ލިބިލައްވާފައިވާނަމަ ތަޖުރިބާގެ ލިޔުން ހުށަހަޅުއްވަންވާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

24 ޖުލައި 2025
ހޯދާ