ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ހިތަދޫއިން އަލަށް ދޫކުރުމަށް ނިންމާފައިވާ 103 ގޯތީގެ ޤުރުއަތުލުން ބޭއްވުން

މިއިދާރާގެ ނަންބަރު: (IUL)404-ESMS/404/2023/53 (23 ނޮވެމްބަރ 2023) އިޢުލާނުން 103 ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމާއި ގުޅިގެން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން 103 ގޯތި ލިބޭ ދާއިމީ ލިސްޓްގައިވާ ފަރާތްތަކަށް ގޯތި ކަނޑައެޅުމަށްޓަކައި ބޭއްވޭ ޤުރުއަތުލުން 2025 ޖުލައި 26 ވާ (ހޮނިހިރު ) ދުވަހުގެރޭ 8:30 ގައި ލ.ހިތަދޫ ސްކޫލުގައި ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

                  ވީމާ، މި ޤުރުއަތުގައި ބައިވެރިވުމަށް 103 ގޯތީގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުން ވަޑައިގެންދެއްވުން އެދި ދަޢުވަތު އަރުވަމެވެ. އެއްވެސް ސަބަބަކާއި ހުރެ ޙާޟިރުވެވެން ނެތްނަމަ ބަދަލުގައި ވަޑައިގަންނަވާނެ ބޭފުޅެއްގެ މަޢުލޫމާތު 2025 ޖުލައި 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން މިކައުންސިލަށް އަންގަވައި ދެއްވުން އެދެމެވެ.

24 ޖުލައި 2025
ހޯދާ