ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޔާސީ ޕާޓީތަކަށް ގދ.ގައްދޫ އިން ބިން ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު އިސްލާޙުކުރުން.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/07) ގެ 23 ވަނަ މާއްދާގެ (ވ) އިން ބާރުލިބިގެން ކައުންސިލްގެ 4 ވަނަ ދައުރުގެ 211 ވަނަ ޢާންމު ބައްދަލުވުމުން ފާސްކޮށްފައިވާ ސިޔާސީ ޕާޓީތަކަށް ގދ.ގައްދޫ އިން ބިން ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު (DIR)419/419/2025/3 ނަންބަރުގެ ކޮންސޮލިޑޭޓެޑް އިޞްލާޙު މިއިޢުލާނާއިއެކު ޢާންމުކުރަމެވެ.

 

މިގޮތުން ކައުންސިލްގެ 4 ވަނަ ދައުރުގެ 103 ވަނަ ޢާންމު ބައްދަލުވުމުން ފާސްކޮށްފައިވާ (DIR)419/419/2023/1 ނަންބަރު އުޞޫލު މީގެ ފަހުން ބާޠިލް ވީއެވެ.

23 ޖުލައި 2025
ހޯދާ