ދިވެހިރާއްޖެ
މި ކައުންސިލްގެ ނަންބަރު: (IUL)225-CA/225/2025/28 އިޢުލާނުގެ ދަށުން ނީލަން ކިޔުމަށް ކަނޑައެޅިފައިވާ ތަކެތީގެ ތެރެއިން ނީލަމުގައި ނުނަގާހުރި ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ދެވަނަ ފަހަރަށް ނީލަން ކިޔުމަށް ހަމަޖެހިފައިވެއެވެ. ނީލަން ކިޔުން އޮންނާނީ 2025 އޮގަސްޓް 01 ވާ ހުކުރު ދުވަހުގެ 16:30 ގައި ހއ.އަތޮޅު ސްޓޭޓް ހައުސް ގޯތިތެރޭގައެވެ. ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ވަޑައިގެން ދެއްވުން އެދެމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން މި ކައުންސިލަށް ވަގުތުން ފައިސާ ޖަމާކޮށްދެއްވުމަށްފަހު، 48 ގަޑިއިރުގެ ތެރޭގައި ތަކެތި ގެންދެވުން އެދެމެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ތަކެތި ނުގެންދަވައިފިނަމަ، އެ ތަކެތި ނައްތާލެވޭނެއެވެ.