ދިވެހިރާއްޖެ
މި އަތޮޅުގެ ރަށްރަށަށް އަމާޒުކޮށްގެން "ތިލައުތުރު ފުޓްސަލް މުބާރާތް - 2025" ނަމުގައި ފުޓްސަލް މުބާރާތެއް މި ކައުންސިލާއި އުތީމު ކައުންސިލާ ގުޅިގެން އުތީމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ކޮންމެ ރަށަކުންވެސް ބައިވެރި ވެވޭނީ، އެރަށެއް ތަމްޘީލުކުރާ އެއް ޓީމަށެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނަޞުރުންގެ ދުވަސް ކަމުގައިވާ 2025 ނޮވެންބަރު 03 ވާ ހޯމަ ދުވަހުއެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މި ކައުންސިލްގެ ރަސްމީ އީމެއިލް [email protected] އަށް 2025 އޮގަސްޓް 21 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން މެއިލް ކުރެއްވުން އެދެމެވެ.
އަދި ޓީމްގައި ހިމެނޭ ކުޅުންތެރިން ރަށު ކައުންސިލް އިދާރާއިން ވެރިފައި ކުރުމަށްފަހު، ކުޅުންތެރިންގެ ލިސްޓު 2025 އޮކްޓޫބަރު 09 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެކުރިން ދީފައިވާ ފޯމެޓާ އެއްގޮތަށް މަތީގައި ދެންނެވިފައިވާ އީމެއިލަށް ނުވަތަ މި ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށާއި، ކުޅުންތެރިންގެ ލިސްޓު ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅައިފިނަމަ ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.