ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ރައްޔިތުންނާ ބައްދަލުކުރުން
                                އިޢުލާން
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 107 ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ޖުލައިމަހު ކައުންސިލުން ބާއްވާ ރައްޔިތުންނާއި ބައްދަލުކުރުން 30 ޖުލައި 2025 ވާ ބުދަ ދުވަހުގެރޭ 20:30 ގައި ކައުންސިލް އިދާރާގެ ގޯތިތެރޭގައި އޮންނާނެއެވެ. މިބައްދަލުވުމުގައި 2025 ވަނައަހަރުގެ ކައުންސިލުގެ 06 މަސްދުވަހުގެ ރިޕޯޓާއި ، ކައުންސިލްގެ ކުރިއަށްއޮތް އަހަރުގެ މަސައްކަތު ތާވަލާއި، ބަޖެޓް ހިއްސާކުރެވޭނެއެވެ. ބައްދަލުވުމުގެ އެޖެންޑަރ މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، މިބައްދަލުވުމަށް ވަޑައިގެންދެއްވުންއެދި ގަމުގެ އެންމެހައި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
             23 ޖުލައި 2025
            
        
                    ހޯދާ  
                
                