| 
 މަޤާމު: 
 | 
 ލެކްޗަރަރ (އެންވަރަމަންޓަލް ޑޭޓާ ސައެންސަސް) 
 | 
 ބޭނުންވާ އަދަދު: 
 | 
 1 
 | 
| 
 ވަޒީފާ އަދާކުރާ އޮފީސް: 
 | 
 ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސް / މާލެ 
 | 
| 
 މަޤާމުގެ ރޭންކް: 
 | 
 8 
 | 
 ހަރުފަތް: 
 | 
 1 
 | 
| 
 އަސާސީ މުސާރަ: 
 | 
 މަހަކު  17,808.00 ރުފިޔާ 
 | 
 ޖޮބް އެލަވަންސް: 
 | 
 މަހަކު  8,311.00 ރުފިޔާ 
 | 
| 
 ހާޒިރީ އިނާޔަތް: 
 | 
 225.00  ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް) 
 | 
| 
 ވަޒީފާގެ ބާވަތް: 
 | 
 ދާއިމީ 
 | 
| 
 އިނާޔަޔްތައް: 
 | 
- ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވުމުން)
 
- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
 
- ސްޓާރފް ޑިވެލޮޕްމަންޓް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުޞަތުތައް
 
- ސްޓާފް ޖިމް ފެސިލިޓީ
 
- ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތައް
 
- ލައިބްރަރީ މެމްބަޝިޕް
 
 
 | 
| 
 މަގާމުގެ ޝަރުތުތައް: 
 | 
 1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކުރުމަށްފަހު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި މަގާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. 
 | 
| 
 ދާއިރާތައް/ ޑިސިޕްލިންތައް: 
 | 
 މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން، ރިސަރޗް 
ގުޅޭ ވަޒީފާގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން، ރިސަރޗް 
ތަޢުލީމީ ރޮނގުތައް: އެންވަރަމެންޓަލް ޑޭޓާ ސައެންޓިސްޓް، ކުއަންޓިޓޭޓިވް އެކޮލޮޖިސްޓް 
ޕްރިފަރޑް ޑިސިޕްލިންތައް: އެކޮލޮޖިކަލް ޑޭޓާ އެނަލިސިސް، ސްޓެޓިސްޓިކަލް މޮޑްލިންގ، އެކްސްޕެރިމެންޓަލް ޑިޒައިން، ކޮމްޕިއުޓޭޝަނަލް ޑޭޓާ ސައެންސް، ޖިއޯސްޕޭޝަލް އެންޑް ސްޕޭޝަލް އެނަލިސިސް 
ކޯ ޑިސިޕްލިންތައް: މެޝިން ލަރނިންގ އިން އިކޮލޮޖީ، ފީލްޑް ސާރވޭ ޑިޒައިން، ބައިސިއަން އިންފެރެންސް، ބިގްޑޭޓާ، ޕްރޮގްރާމިންގ - އާރު 
 | 
| 
 މަޤާމުގެ މަސްއޫލިއްޔަތު: 
 | 
 ކިޔަވާދިނުމާ ގުޅޭ މަސައްކަތް 
  
- ޔުނިވަރސިޓީ އިން ހިންގާ ކޯސްތަކާއި ވޯކްޝޮޕުތަކާއި ޕްރެކްޓިކަލްތަކުގެ ގަޑިތައް ހަވާލުކުރެވޭ ވޯކުލޯޑާއި ޑެލިވަރީ މޯޑާ އެއްގޮތަށް ނެގުން.
 
- ޔުނިވަރސިޓީ ގެ ވާރކްލޯޑާއި އެއްގޮތަށް އެ މީހެއްގެ ޒިންމާގެ ދަށުގައިވާ އެހެން މުވައްޒަފުންނަށް ގަޑިތައް ހަވާލުކުރުމުގައި އެހީތެރިވުމާއި އެގަޑިތައް  ނަގާކަން ކަށަވަރުކުރުމުގައި ސުޕަވައިޒަރަށް އެހީތެރިވެދިނުން.
 
- ސެމިސްޓާރ ފެށުމުގެ ކުރިން އެމީހަކު ކޯޑިނޭޓްކުރާ މާއްދާތަކުގެ އައުޓްލައިނާއި މެޓީރިއަލް އަދި އެސައިންމަންޓް ލިންކްތައް ސުންގަޑިއާ އެކު ކޯސް ޕޭޖު ތައްޔާރުކޮށް ލަރނިން މެނޭޖްމަންޓް ސިސްޓަމް އަށް އަޕްލޯޑްކުރުން.
 
- ސެމިސްޓާރ ފެށުމުގެ ކުރިން އެމީހަކު ކިޔަވައިދޭ މާއްދާތަކުގެ މެޓީރިއަލްތަކާއި އެސެސްމަންޓްތަކާއި ޓިއުޓޯރިއަލްތައް ލަރނިން މެނޭޖްމަންޓް ސިސްޓަމް އަށް އަޕްލޯޑްކުރުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން.
 
- ކިޔަވައިދޭ މާއްދާތަކުގެ ސެޝަން ޕްލޭން ހެދުމާއި މެޓީރިއަލްތައް ތައްޔާރުކުރުމާއި އެއްތަންކުރުމާއި ފަހުގެ ބަދަލުތަކާ އެއްގޮތަށް އަދާހަމަކޮށް ސެމެސްޓަރ ނިމުމުން ޑިޕާރޓްމަންޓް ހިންގުމާއި ހަވާލުވެހުރި ފަރާތަކާއި ހަވާލުކުރުން.
 
- ޒަމާނަށް އެކަށޭނެ އުގަންނައިދިނުމުގެ ގޮތްތައް ބޭނުންކުރުމާއި، ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދިނުން.
 
- މުޤައްރަރާއި، ކޯހުގެ ކޮންޓެންޓާއި، ކޯހުގެ މެޓީރިއަލް އަދި ކިޔަވައިދިނުމުގެ އުސޫލުތައް ރާވައި، އިވެލުއޭޓްކޮށް، އިސްލާހުކުރުމުގައި އިސްނެގުން.
 
- ޤައުމީ ބޭނުންތަކަށް ބަލާ ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތަކަށް ބަލައި އައު ކޯސްތަކާއި އައު މުޤައްރަރުތައް ފަރުމާކުރުމާއި ބޭނުންކުރާ މުގައްރަރުތައް އިޞްލާޙުކުރުމުގައި އިސްނެގުން.
 
- ކިޔަވައިދޭ މާއްދާތަކުގެ އެސެސްމަންޓްތައް ތައްޔާރުކޮށް ރިވިއުކޮށް، ޔުނިވަރސިޓީން / ފެކަލްޓީއިން ކަނޑައަޅާ ތާރީހުގެ ކުރިން ނިންމުން.
 
- ކިޔަވައިދޭ މާއްދާތަކުގެ އިމްތިޙާން ކަރުދާސްތައް ޔުނިވަރސިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ދެވިފައިވާ ސުންގަޑީގެ ކުރިން ތައްޔާރުކޮށް، ރިވިއުކޮށް ނިންމުން.
 
- ހަވާލުކުރެވޭ އިމްތިހާނު ކަރުދާސްތަކާއި އެސެސްމެންޓްތައް ދެވިފައިވާ މުއްދަތުގައި މާކުކުރުމާއި މާކްސް މޮޑެރޭޓުކުރުމުގައި ބައިވެރިވުން އަދި ކަނޑައެޅިފައިވާ  ސުންގަޑިއަށް ދަރިވަރުންނަށް ފީޑުބެކް ދިނުން.
 
- ޑިޕާޓްމަންޓްގެ ފުލްޓައިމް އަދި ޕާޓް-ޓައިމް ދާރިސުން ތައްޔާރުކުރާ އިމްތިޙާން ކަރުދާސްތަކާއި އެސެސްމަންޓްތައް ރިވިއުކުރުމަށް ހަވާލުކުރެވިއްޖެނަމަ އެކަން ކުރުން.
 
- އަންޑަގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ދަރިވަރުންގެ ރިސާރޗް ނުވަތަ ޕްރޮޖެކްޓް މަސައްކަތްތައް ސުޕަވައިޒްކުރުމާއި، ތީސިސް އަދި ޑިޒަޓޭޝަން މާކުކުރުން އަދި ރިސާޗް ސެމިނާރ ނަގައިދިން.
 
 
  
ރިސަރޗް މަސައްކަތް 
  
- ދާއިރާ އާ ގުޅޭ ޤައުމާއި މުޖުތަމައަށް ބޭނުންވާ ޤައުމީ އަދި ބައިނަލް އަޤްވާމީ ދިރާސާތައް ޢަމަލީ ގޮތުން ކުރުން.
 
- ފަރުދީ ގޮތުންނާއި ފަންނީ ގޮތުން އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޔުނިވަރސިޓީ އިން ކަނޑައަޅާ ފެންވަރެއްގައި ޝާއިޢުކުރުން.
 
- މަސައްކަތާއި ގުޅޭ ދާއިރާއިން ދިރާސާތައް ކުރުމާއި، ޕްރޮފެޝަނަލް ޖާނަލްތަކާއި، ފޮތްތަކާއި، ނުވަތަ އިލެކްޓްރޯނިކް މީޑިއާތަކުގައި ހޯދުންތައް ޝާއިޢުކުރުން.
 
 
  
އިދާރީ އަދި އެހެނިހެން މަސައްކަތް 
  
- ކިޔަވައިދޭ މާއްދާތަކުގެ ދަރިވަރުންގެ ހާޒިރީގެ ރެކޯޑްތަކާއި، ގްރޭޑްތަކާއި، އަދި އެހެނިހެން މަޢުލޫމާތުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
 
- ހަވާލުކުރެވޭ މާއްދާތަކުގެ މާކުސް ޝީޓުތައް ތައްޔާރުކޮށް މާކުސްތައް ސެލްފް ސާރވިސްއަށް އެޅުން.
 
- ކިޔަވައިދޭ މާއްދާތަކާ ގުޅޭ އިދާރީ މަސައްކަތްކުރުމާއި ދަރިވަރުންގެ ކިޔެވުމާ ގުޅޭ ސެލްފް ސަރވިސް އަދި ލަރނިން މެނޭޖްމަންޓް ސިސްޓަމްގެ މަސައްކަތްތައް ކުރުން.
 
- ހަވާލުކުރެވޭ މާއްދާތަކާއި ކޯސްތައް ޔުނިވަރސިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ކޯޑިނޭޓްކުރުން.
 
- ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ދަރިވަރުންނާއި ޤަވާއިދުން މުޢާމަލާތުކުރުމާއި ދަރިވަރުންނަށް ގަވާއިދުން ޖަވާބުދިނުމާއި ކިޔެވުމާގުޅޭ ކަންކަމުގައި މަޝްވަރާކުރުމަށް ދަރިވަރުންނަށް ކުލާހުގެ ބޭރުން ވަގުތުދިނުން.
 
- ޔުނިވަރސިޓީ، ފެކަލްޓީ އަދި ޑިޕާޓްމަންޓްގެ އެކިއެކި ކޮމިޓީތަކުގައާއި އެހެނިހެން ބައްދަލުވުންތަކުގައި އިސްނަގައި ބައިވެރިވުމާއި ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަކުރުން.
 
- ކިޔަވައިދިނުމުގެ އިތުރުން ފެކަލްޓީ އަދި ޔުނިވަރސިޓީއާ ގުޅުންހުރި ފަންނީ އަދި އިޖުތިމާއީ ޙަރަކާތްތަކުގައި ބައިވެރިވުން.
 
- ފެކަލްޓީގެ އެހެން މުވައްޒަފުންނާ ގުޅިގެން އެކުވެރި ކަމާއި އެކު މަސައްކަތްކުރުން.
 
- "ކޯޑް އޮފް ކޮންޑަކްޓް" އަށް ޙުރުމަތްތެރިކޮށްހިތުމާއި ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުން.
 
- އަލަށް ގުޅޭ މުވައްޒަފުން މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުމުގައި އެހީތެރިވެދިނުން.
 
- ކޯސްތަކާއި ގުޅޭ މަޢުލޫމާތު އަދާހަމަކޮށް، މާކެޓިން މެޓީރިއަލް ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތު އަދާ ހަމަކޮށް ހިއްސާކުރުމާއި، ކޯސްތައް އިސްތިހާރުކުރުމާއި، މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތުގައި އަދި އެފަދަ ހަރަކާތްތަކުގައި ބައިވެރިވުން.
 
- ޑިޕާޓްމަންޓް ހެޑްގެ މަގާމު ހަވާލުކުރެވިއްޖެނަމަ އެކަމާ ގުޅޭ އިދާރީ މަސައްކަތްތައް ކުރުން.
 
- ކިޔަވައިދިނުން ފުރިހަމަ ކުރުމަށްޓަކައި ޓެކްސްޓް ފޮތްތަކާއި، ސޮފްޓްވެއަރތަކާއި، ބޭނުންވާނެ އިކުއިޕްމަންޓް، އަދި އެނޫންވެސް އުނގެންނައިދިނުމަށް ބޭނުންކުރަންޖެހޭ ވަޞީލަތްތައް ދިރާސާކޮށް، ހޯދައި ރެކޮމެންޑްކުރުން.
 
 
  
* މި ބައިގައި މިވަނީ މި މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތެވެ. މި ވަޒީފާ އަށް ހޮވޭ ފަރާތަށް ވަޒީފާ ހަވާލުކުރާއިރު ފުރިހަމަ ވަޒީފާ ބަޔާނެއްގައި ސޮއިކުރެވޭނެއެވެ. 
 | 
| 
 ލެކްޗަރަރ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، އެސޯސިއޭޓް ލެކްޗަރަރ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ. 
 | 
| 
 މަޤާމު: 
 | 
 އެސޯސިއޭޓް ލެކްޗަރަރ (އެންވަރަމަންޓަލް ޑޭޓާ ސައެންސަސް) 
 | 
 ބޭނުންވާ އަދަދު: 
 | 
 1 
 | 
| 
 ވަޒީފާ އަދާކުރާ އޮފީސް: 
 | 
 ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސް / މާލެ 
 | 
| 
 މަޤާމުގެ ރޭންކް: 
 | 
 8 
 | 
 ހަރުފަތް: 
 | 
 1 
 | 
| 
 އަސާސީ މުސާރަ: 
 | 
 މަހަކު 15,829.00 ރުފިޔާ 
 | 
 ޖޮބް އެލަވަންސް: 
 | 
 މަހަކު 7,387.00 ރުފިޔާ 
 | 
| 
 ހާޒިރީ އިނާޔަތް: 
 | 
 200.00 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް) 
 | 
| 
 ވަޒީފާގެ ބާވަތް: 
 | 
 ކޮންޓްރެކްޓް 
 | 
| 
 ކޮންޓްރެކްޓް މުއްދަތު 
 | 
 2 އަހަރު 
 | 
| 
 އިނާޔަޔްތައް: 
 | 
- ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވުމުން)
 
- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
 
- ސްޓާރފް ޑިވެލޮޕްމަންޓް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުޞަތުތައް
 
- ސްޓާފް ޖިމް ފެސިލިޓީ
 
- ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތައް
 
- ލައިބްރަރީ މެމްބަޝިޕް
 
 
 | 
| 
 މަގާމުގެ ޝަރުތުތައް: 
 | 
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކުރުމަށްފަހު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
 
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކުރުމަށްފަހު، މަގާމުގެ މަސައްކަތުގެ ދާއިރާގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
 
  | 
| 
 ދާއިރާތައް/ ޑިސިޕްލިންތައް: 
 | 
 މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން، ރިސަރޗް 
ގުޅޭ ވަޒީފާގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން، ރިސަރޗް 
ތަޢުލީމީ ރޮނގުތައް: އެންވަރަމެންޓަލް ޑޭޓާ ސައެންޓިސްޓް، ކުއަންޓިޓޭޓިވް އެކޮލޮޖިސްޓް 
ޕްރިފަރޑް ޑިސިޕްލިންތައް: އެކޮލޮޖިކަލް ޑޭޓާ އެނަލިސިސް، ސްޓެޓިސްޓިކަލް މޮޑްލިންގ، އެކްސްޕެރިމެންޓަލް ޑިޒައިން، ކޮމްޕިއުޓޭޝަނަލް ޑޭޓާ ސައެންސް، ޖިއޯސްޕޭޝަލް އެންޑް ސްޕޭޝަލް އެނަލިސިސް 
ކޯ ޑިސިޕްލިންތައް: މެޝިން ލަރނިންގ އިން އިކޮލޮޖީ، ފީލްޑް ސާރވޭ ޑިޒައިން، ބައިސިއަން އިންފެރެންސް، ބިގްޑޭޓާ، ޕްރޮގްރާމިންގ - އާރު 
 | 
| 
 މަޤާމުގެ މަސްއޫލިއްޔަތު: 
 | 
 ކިޔަވާދިނުމާ ގުޅޭ މަސައްކަތް 
- ޔުނިވަރސިޓީ އިން ހިންގާ ކޯސްތަކާއި ވޯކްޝޮޕުތަކާއި ޕްރެކްޓިކަލްތަކުގެ ގަޑިތައް ހަވާލުކުރެވޭ ވޯކުލޯޑާއި ޑެލިވަރީ މޯޑާ އެއްގޮތަށް ނެގުން.
 
- ސެމިސްޓާރ ފެށުމުގެ ކުރިން އެމީހަކު ކިޔަވައިދޭ މާއްދާތަކުގެ މެޓީރިއަލްތަކާއި އެސެސްމަންޓްތަކާއި ޓިއުޓޯރިއަލްތައް ލަރނިން މެނޭޖްމަންޓް ސިސްޓަމް އަށް އަޕްލޯޑްކުރުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން.
 
- ކިޔަވައިދޭ މާއްދާތަކުގެ ސެޝަން ޕްލޭން ހެދުމާއި މެޓީރިއަލްތައް ތައްޔާރުކުރުމާއި އެއްތަންކުރުމާއި ފަހުގެ ބަދަލުތަކާ އެއްގޮތަށް އަދާހަމަކޮށް ސެމެސްޓަރ ނިމުމުން ޑިޕާރޓްމަންޓް ހިންގުމާއި ހަވާލުވެހުރި ފަރާތަކާއި ހަވާލުކުރުން
 
- ޒަމާނަށް އެކަށޭނެ އުގަންނައިދިނުމުގެ ގޮތްތައް ބޭނުންކުރުމާއި، ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދިނުން
 
- މުޤައްރަރާއި، ކޯހުގެ ކޮންޓެންޓާއި، ކޯހުގެ މެޓީރިއަލް އަދި ކިޔަވައިދިނުމުގެ އުސޫލުތައް ރާވައި، އިވެލުއޭޓްކޮށް، އިސްލާހުކުރުން.
 
- ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތަކަށް ބަލައި އައު ކޯސްތަކާއި އައު މުޤައްރަރުތައް ފަރުމާކުރުމާއި ބޭނުންކުރާ މުގައްރަރުތައް އިޞްލާޙުކުރުން.
 
- ކިޔަވައިދޭ މާއްދާތަކުގެ އެސެސްމަންޓްތައް ތައްޔާރުކޮށް ރިވިއުކޮށް، ޔުނިވަރސިޓީން / ފެކަލްޓީއިން ކަނޑައަޅާ ތާރީހުގެ ކުރިން ނިންމުން.
 
- ކިޔަވައިދޭ މާއްދާތަކުގެ އިމްތިޙާން ކަރުދާސްތައް ޔުނިވަރސިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ދެވިފައިވާ ސުންގަޑީގެ ކުރިން ތައްޔާރުކޮށް، ރިވިއުކޮށް ނިންމުން.
 
- ހަވާލުކުރެވޭ އިމްތިހާނު ކަރުދާސްތަކާއި އެސެސްމެންޓްތައް ދެވިފައިވާ މުއްދަތުގައި މާކުކުރުމާއި މާކްސް މޮޑެރޭޓުކުރުމުގައި ބައިވެރިވުން އަދި ކަނޑައެޅިފައިވާ  ސުންގަޑިއަށް ދަރިވަރުންނަށް ފީޑުބެކް ދިނުން.
 
- އަންޑަގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ދަރިވަރުންގެ ރިސާރޗް ނުވަތަ ޕްރޮޖެކްޓް މަސައްކަތްތައް ސުޕަވައިޒްކުރުމާއި، ތީސިސް އަދި ޑިޒަޓޭޝަން މާކުކުރުން އަދި ރިސާޗް ސެމިނާރ ނަގައިދިން
 
 
އިދާރީ އަދި އެހެނިހެން މަސައްކަތް 
- ކިޔަވައިދޭ މާއްދާތަކުގެ ދަރިވަރުންގެ ހާޒިރީގެ ރެކޯޑްތަކާއި، ގްރޭޑްތަކާއި، އަދި އެހެނިހެން މަޢުލޫމާތުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
 
- ހަވާލުކުރެވޭ މާއްދާތަކުގެ މާކުސް ޝީޓުތައް ތައްޔާރުކޮށް މާކުސްތައް ސެލްފް ސާރވިސްއަށް އެޅުން.
 
- ކިޔަވައިދޭ މާއްދާތަކާ ގުޅޭ އިދާރީ މަސައްކަތްކުރުމާއި ދަރިވަރުންގެ ކިޔެވުމާ ގުޅޭ ސެލްފް ސަރވިސް އަދި ލަރނިން މެނޭޖްމަންޓް ސިސްޓަމްގެ މަސައްކަތްތައް ކުރުން.
 
- ހަވާލުކުރެވޭ މާއްދާތަކާއި ކޯސްތައް ޔުނިވަރސިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ކޯޑިނޭޓްކުރުން.
 
- ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ދަރިވަރުންނާއި ޤަވާއިދުން މުޢާމަލާތުކުރުމާއި ދަރިވަރުންނަށް ގަވާއިދުން ޖަވާބުދިނުމާއި ކިޔެވުމާގުޅޭ ކަންކަމުގައި މަޝްވަރާކުރުމަށް ދަރިވަރުންނަށް ކުލާހުގެ ބޭރުން ވަގުތުދިނުން.
 
- ޔުނިވަރސިޓީ، ފެކަލްޓީ އަދި ޑިޕާޓްމަންޓްގެ އެކިއެކި ކޮމިޓީތަކުގައާއި އެހެނިހެން ބައްދަލުވުންތަކުގައި ބައިވެރިވުމާއި ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަކުރުން.
 
- ކިޔަވައިދިނުމުގެ އިތުރުން ފެކަލްޓީ އަދި ޔުނިވަރސިޓީއާ ގުޅުންހުރި ފަންނީ އަދި އިޖުތިމާއީ ޙަރަކާތްތަކުގައި ބައިވެރިވުން.
 
- ފެކަލްޓީގެ އެހެން މުވައްޒަފުންނާ ގުޅިގެން އެކުވެރި ކަމާއި އެކު މަސައްކަތްކުރުން.
 
- "ކޯޑް އޮފް ކޮންޑަކްޓް" އަށް ޙުރުމަތްތެރިކޮށްހިތުމާއި ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުން.
 
 
* މި ބައިގައި މިވަނީ މި މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތެވެ. މި ވަޒީފާ އަށް ހޮވޭ ފަރާތަށް ވަޒީފާ ހަވާލުކުރާއިރު ފުރިހަމަ ވަޒީފާ ބަޔާނެއްގައި ސޮއިކުރެވޭނެއެވެ. 
 | 
| 
 އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް. ވަކި ވަކިން ތާރީޙް ނޭގޭ ލިޔުންތައް މަސައްކަތުގެ ތަޖްރިބާ ގުނުމުގައި ބޭނުން ނުކުރެވޭނެއެވެ.
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު. ރާއްޖޭގެ އިންސްޓިޓިއުޓަކުން/ކޮލެޖަކުން ހަދާފައިވާ ރާއްޖޭއިން ބޭރުގެ ސެޓިފިކެޓްތައް ހުންނަންވާނީ އެކްރެޑިޓް ކޮށްފައެވެ.)
 
- ޕާސްޕޯޓް ސައިޒް ފޮޓޯ
 
 
  
* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ. 
  
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 
 | 
 މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
 
- ޤާބިލުކަން ކަށަވަރުކުރުމަށް އެސަސްމަންޓް ހަދައިގެން.
 
- ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
 
 
  
| 
 އަސާސީ ޝަރުޠު ހަމަވުމުން 
 | 
 30 
 | 
 
| 
 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު 
 | 
 - 
 | 
 
| 
 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ 
 | 
 5 
 | 
 
| 
 އެސެސްމެންޓް – ޕްރެޒެންޓޭޝަން / ޕްރެކްޓިކަލް 
 | 
 15 
 | 
 
| 
 އިންޓަރވިއު 
 | 
 50 
 | 
 
 
 
  
 | 
| 
 ޝޯޓްލިސްޓުކުރުން: 
 | 
 މި ވަޒީފާއަށް އެދި 10 ފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ، މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް ޝޯޓްލިސްޓުކުރެވޭނެއެވެ. 
އެސެސްމެންޓަށް ޝޯޓްލިސްޓުކުރެވޭ ފަރާތްތަކުގެ ތެރެއިން އެސެސްމަންޓް އިން 50% ލިބުމާއެކު އެންމެ މަތިން ޕޮއިންޓު ލިބޭ 5 ފަރާތް އިންޓަވިއުއަށް ޝޯޓްލިސްޓުކުރެވޭނެއެވެ. 
 | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 
 | 
 2025 ޖުލައި 30 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް. 
https://tinyurl.com/MNUHR-2025-82 
  
 | 
| 
 އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: 
 | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމެންޓް، އޮންނާނީ 2025 އޮގަސްޓް 01 އާ 2025 އޮގަސްޓް 31 އާ ދެމެދުއެވެ. އިންޓަވިއު އަދި އެސެސްމެންޓް އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ. 
 | 
| 
 ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓު (R2 ޝީޓު އާންމުކުރުން) 
 | 
- އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން  5 ދުވަހުގެ ތެރޭގައި ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު ޔުނިވަރސިޓީގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
 
- އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް އިންޓަރވިއު ކުރެވުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (R2 ޝީޓް) ޔުނިވަރސިޓީގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް އިންޓަރވިއު ކުރެވުނު ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
 
- ސްކްރީނިންގ ޝީޓު އަދި R2 ޝީޓް އާއި ގުޅޭގޮތުން ޝަކުވާއެއް އޮތް ނަމަ ފޮނުއްވާނީ ޔުނިވަރސިޓީގެ އީ-މެއިލް[email protected]  އަށެވެ.
 
  | 
| 
 ސަމާލުކަމަށް: 
  
 | 
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ. މަގާމަށް އެދި ހުށަހަޅާއިރު އަސްލާއެއްގޮތްކަމުގެ ތައްގަނޑުޖެހުމަކީ ލާޒިމްކަމެއްނޫނެވެ.
 
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
 
- ވަނަވަރުގައި ބަޔާންކޮށްފައިވާ ތަޖްރިބާގެ މުއްދަތު ކަށަވަރުކޮށް ގުނައިދެވޭނީ ހުށަހަޅާފައިވާ ވަޒީފާއަދާކުރާ ކަމުގެ ނުވަތަ ކުރިކަމުގެ ލިޔުމުގައިވާ މުއްދަތުތަކަށް ބިނާކޮށްކަމުން، ހުށަހަޅާ ވަޒީފާއަދާކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުންތަކުގައި މި މަޢުލޫމާތު ފުރިހަމަ ނުވާނަމަ މުއްދަތު ކަށަވަރު ނުކުރެވޭނެއެވެ.
 
- އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާ އެޕްލިކޭޝަން ފޮނުވުމަށް ކަނޑައަޅާފައިވާ ލިންކް މެދުވެރިކޮށެވެ.
 
- ހުށަހަޅަންޖެހޭ މަޢުލޫމާތުތަކާއި ލިޔެކިއުންތައް ފުރިހަމަ ނޫން އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
 
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
 
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ޖަވާބު ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
 
  | 
| 
   
  
އިތުރު މަޢުލޫމާތު: 
 | 
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
 
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345143 ނަމްބަރު ފޯނަށެވެ.
 
  |