މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ހޯލް އިމާރާތުގެ ދޮރުތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1.  މިސްކޫލްގެ ހޯލް އިމާރާތުގެ 5 ކަނީގެ 9 ކުޑަދޮރާއި، 3 ކަނީގެ 3 ކުޑަދޮރު އަދި 3 ބޮޑުދޮރު ނަގައި އަމިއްލަ ތަކެތީގައި  އެލްމްނިއަމް ދޮރަށް ބަދަލު ކުރަން ބޭނުންވެއެވެ.

 

  2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިސްކޫލްގައި ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރުން އޮންނާނީ  2025 ޖުލައި 24 އިން 2025 އޮގަސްޓް 03 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 12:00 އަށެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

  

  3. މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 އޮގަސްޓް 03 ވާ އާދީއްތަ ދުވަހުގެ 11:15 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

   4. ބިޑް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2025 އޮގަސްޓް 07 ބުރާސްފަތި ދުވަހުގެ 10:30 ގައި މިސްކޫލްގައެވެ.

 

   5. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހިތާދޫ ސްކޫލް

ބ. ހިތާދޫ، ދިވެހިރާއްޖެ.

ފޯން: 6600314

އީ-މެއިލް: [email protected]

23 ޖުލައި 2025
ހޯދާ