ދިވެހިރާއްޖެ
މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ
މަޤާމު: ކައުންސެލަރ
ދާއިރާ: އެކަޑަމިކް
ބޭނުންވާ އަދަދު: 1
ރޭންކު: އެމް.އެސް 1
ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
މަޤާމުގެ ނަންބަރު: OD/22/2015/145-ފ188
މުސާރަ: -/5610ރ
ސަރވިސް އެލަވަންސް: -/2000ރ
ވަޒީފާ އޮތް އޮފީސް: ކ. އަތޮޅު ތަޢުލީމީ މަރުކަޒު
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް ސެކްޝަން / ކ. އަތޮޅު ތަޢުލީމީ މަރުކަޒު
މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: ކ. އަތޮޅު ތަޢުލީމީ މަރުކަޒު / ކ. ތުލުސްދޫ
އެހެނިހެން އިނާޔަތް: އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
މަޤާމުގެ ޝަރުޠު:
ކައުންސެލަރެއްގެ މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
- ކައުންސެލިންގ ޕްރޮގްރާމްތައް ރޭވުމާއި، އެ ޕްރޮގްރާމްތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރެކޯޑުތަކެއް ބެލެހެއްޓުން.
- ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެ ދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާއި، ކައުންސެލިންގގެ ފުލޯއަޕް ހެދުން.
- ދަރިވަރުންގެ ނަފުސާނީ، ޖިސްމާނީ، އަޚުލާޤީ މައްސަލަތަކާ ގުޅިގެން ޓީޗަރުންނަށް ހުށަހަޅާ ކަންތައްތައް ބަލައި، އެކަންކަމުގައި އެފަދަ ކުދިންނަށާއި ޓީޗަރުންނަށް އެހީތެރިކަން ދިނުން.
- ނަފުސާނީ ދުޅަހެޔޮކަމަށް ބޭނުންވާ މަޢުލޫމާތު ހޯދައި، ދަރިވަރުންނަށް ފޯރުވައިދިނުން.
- ސްކޫލްގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާއި، ޙަފުލާތަކަށް މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ސްކޫލުން އެދިއްޖެ ކޮންމެ ވަގުތަކު އެހީތެރިކަމާއި އެއްބާރުލުން ދިނުން.
- ސްކޫލްގެ އަހަރީ އިނާމުދިނުމުގެ ޙަފުލާގެ ތައްޔާރީތަކާއި، ޖަލްސާގެ އެންމެހައި ކަންކަން ނިމެންދެން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ، އެކަމަށް ސްކޫލަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
- އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށް ބަލައިގެން.
- ވަޒީފާއާބެހޭ ޤާނޫނާއި ދިވެހި ސިވިލްސަރވިސްގެ ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން
- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން
- ހުށަހަޅަންޖެހޭ ލިޔުންތައް
- ހ. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. އަދި މި ސްކޫލް އޮފީހުން ވެސް ފޯމު ލިބެން ހުންނާނެއެވެ.)
- ށ. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ނ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ރ. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް (މުއްދަތު ހަމަނުވާ)
- ބ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
ސުންގަޑި:
މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2015 އޮކްޓޫބަރު 6 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 14:00ގެ ކުރިން ސްކޫލް އޮފީހަށް ވަޒީފާއަށް އެދޭ ފޯމު، މަތީގައި ދެންނެވިފައިވާ ލިޔުންތަކާއެކު ހުށަހަޅުއްވުން އެދެމެވެ.
ވަޒީފާއަށް ކުރިމަތިލުމަށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ޝަރުޠު ހަމަވާ އެންމެ ޤާބިލު ފަރާތް ހޮވުމަށް ބޭއްވޭ އިންޓަރވިއު، އޮންނާނެ ތާރީޚާއި ގަޑި 1 ދުވަސް ކުރިން ޝަރުޠު ހަމަވާ ފަރާތްތަކަށް އެންގޭނެއެވެ.
ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫތު
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ (6640095/ 7761065/ 7941994) ނަންބަރު ފޯނާއެވެ. އީ މެއިލް ކުރައްވާނީ [email protected] އަށެވެ.
ނޯޓް: އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ލިބިވަޑައިގެންފައިވާ ސެޓުފިކެޓުތަކުގެ އަސްލާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކުރައްވާ ނުވަތަ މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ޖެހޭނެއެވެ.
02 ޛުލްޙިއްޖާ 1436