ދިވެހިރާއްޖެ
ކޯޓުގައި ހުރި ބައުތަކެތި ނީލަންކިޔުން
މިކޯޓުގައި ނީލަމުގައި ވިއްކާލުމަށް ބޭނުންވެފައިހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔުން 30 ޖުލައި 2025 ވާ ބުދަ ދުވަހުގެ 10:00 ގައި މިކޯޓުގައި އޮންނާނެއެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ދައްކަވާ ނިންމަވަން ވާނެއެވެ. މިމުއްދަތުގައި ފައިސާ ނުދައްކަވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަންކިޔޭނެއެވެ. ނީލަމުން ނެންގެވި ތަކެއްޗަށް ފައިސާދައްކަވާފައިވާ ފަރާތްތަކަށް ތަކެތި ދޫކުރުން 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ން ފެށިގެން 14:00 އަށް މިކޯޓުގައި އޮންނާނެއެވެ. މިނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިކޯޓުގެ އެދުމެކެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
| 
 ނީލަން ނަމްބަރު  | 
 ޢަދަދު  | 
 ތަފްޞީލް  | 
 ނީލަންފެށޭ އަގު (ރުފިޔާ)  | 
 ފަހަރަކު މަދުވެގެން އިތުރުކުރެވޭ ޢަދަދު (ރުފިޔާ)  | 
| 
 1  | 
 1  | 
 ކުޑަ ދޮރު  | 
 20.00  | 
 2.00  | 
| 
 2  | 
 1  | 
 ކުޑަ ދޮރު  | 
 20.00  | 
 2.00  | 
| 
 3  | 
 1  | 
 އެއަރކޮންޑިޝަނަރ  | 
 660.00  | 
 66.00  | 
| 
 4  | 
 1  | 
 ސިންކް  | 
 50.00  | 
 5.00  | 
| 
 5  | 
 1  | 
 ކޮމްޕިޔުޓަރ ރެކް  | 
 200.00  | 
 20.00  | 
| 
 6  | 
 1  | 
 ކަބަރޑް ޓޭބަލް (ކަފޭރާ)  | 
 150.00  | 
 15.00  | 
27 މުޙައްރަމް 1447
22 ޖުލައި 2025
