ދިވެހިރާއްޖެ
މަޤާމު: |
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ޑިވިޜަން އިންޓަރން |
މަޤާމުގެ ނަންބަރު: |
- |
ބޭނުންވާ އަދަދު: |
1 |
މަޤާމުގެ ގިންތި: |
ވަގުތީ |
މުއްދަތު: |
3 މަސް މަސައްކަތް ކުރިއަށްދާ މިންވަރަށް ބަލާ މަސައްކަތް އިތުރަށް ހުރެއްޖެނަމަ، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ. |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ސިވިލް ސަރވިސް ކޮމިޝަން / ކ. މާލެ |
ވަޒީފާ އަދާކުރަންޖެހޭ ގަޑި: |
|
މުސާރަ: |
ގަޑިއިރަކަށް -/50 (ފަންސާސް) ރުފިޔާ |
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނުން ކުރާ މައިގަނޑު މަސައްކަތް |
ސިވިލް ސަރވިސް އިދާރާތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ތަމްރީނުތައް ހިންގުމާއި އެގްޒާމްތައް ކުރިޔަށްގެންދިޔުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ކޮމިޝަނުގެ އިދާރާގެ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްއަށް އިދާރާތަކުން އަންނަ ރިކުއެސްޓް ތަކާއި ގުޅިގެން މިނިސްޓްރީތަކަށް ހާއްސަ ކޮށް ކުރިޔަށް ގެންދެވޭ އަދި ގެންދެވުނު ކެޕޭސިޓީ ބިލްޑިންގ ޓްރެއިނިންގތަކާއިގުޅޭ އެޑްމިނިސްޓްރޭޝަން މަސައްކަތްތައް ނިންމުމަށް. 2. ހިންގޭ ޓްރެއިނިންގތަކާ ގުޅޭ ޝެޑިއުލްތައް ކަލަންޑަރ ކުރުމާއި، މާލެ އަދި އަތޮޅުތަކުގެ ޓްރެއިނިންގތަކުގެ އޮންލައިން އަދި ފިސިކަލް ޓްރެއިންގ ތަކުގެ އެޓެންޑެންސް ފީޑުކުރުމާއި، އިވޭލުއޭޝަން ރިޕޯޓް ތައްޔާރުކުރުމާއި އޮންލައިންކޮށް ފޮނުވާ ސަރޓިފިކެޓްތައް ތައްޔާރުކުރުން. |
މަޤާމުގެ ޝަރުޠުތައް: |
ސާނަވީ ތަޢުލީމު (ޖީސީއީ އޯލެވަލް) ފުރިހަމަ ކޮށްފައިވުން. |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 އޮގަސްޓު 2025 ވާ ހޯމަ ދުވަހުގެ 23:59 ގެ ނިޔަލަށް، ސިވިލް ސަރވިސް ކޮމިޝަނުގެ ހިއުމަން ރިސޯސް ސެކްޝަނުގެ އީމެއިލް އެޑްރެސް [email protected]މެދުވެރިކޮށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 04 އޮގަސްޓު 2025 އާ 10 ސެޕްޓެންބަރު 2025 އާ ދެމެދުއެވެ. އިންޓަރވިއު އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއުއަށް ތައްޔާރުވެގެން ތިބުމަށް ދަންނަވަމެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު އާއްމު ކުރެވޭނެއެވެ. އަދި އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307357/3307358 ނަންބަރު ފޯނާ ނުވަތަ ހިއުމަން ރިސޯސް ސެކްޝަނުގެ ހޮޓްލައިން 7598991 މޮބައިލަށެއެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. |