އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޖެނިޓޯރިއަލް ޚިދުމަތް ފޯރުކޮށްދިނުމާއި އޮފީހުގެ ސައި ކޮޓަރިތައް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުންކޮށްދޭނެ ފަރާތެއް ހޯދުމަށް

އޮޑިޓަރ ޖެނެރަލްގެ އޮފީސް ހިންގަމުން ދާ ސްޓަރ ކްލައުޑްސްބިލްޑިންގގެ 1، 2، 3 އަދި 4 ވަނަ ފަންގިފިލާއާއި ބިއްލޫރިޖެހިގޭގެ 1 ވަނަ ފަންގިފިލާއާއި ގްރައުންޑް ފްލޯގެ ހުޅަނގު ފަޅީގެ ޖެނިޓޯރިއަލް ޚިދުމަތް ފޯރުކޮށްދިނުމާއި އޮފީހުގެ ސައި ކޮޓަރިތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ދެންނެވުނު ޚިދުމަތް ފޯރުކޮށްދޭނެ ފަރާތަށް ޕޮއިންޓު ދޭނެ އުޞޫލާއި އަދި ބިޑާއި ބެހޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު ވަނީ ހިމެނިފައެވެ.

ސައިޓް ވިޒިޓިންގއަށް ވަޑައިގަންނަން ބޭނުންވާ ފަރާތްތަކުން 22 ޖުލައި 2025 އާއި 04 އޮގަސްޓް 2025 ދެމެދު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 09:00 އާއި 12:00 ދެމެދުގެ ވަގުތެއްގައި 3323939 އާ ގުޅުއްވައި ގަޑިއެއް ހަމަޖެއްސެވުމަށްފަހު ވަޑައިގެންދެއްވުމަށް އެދެމެވެ.

 ބީލަން ހުށަހެޅުން އޮންނާނީ 5 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 11:00 ގައި، ސްޓަރ ކްލައުޑްސްގެ 1 ވަނަ ފަންގިފިލާގައެވެ. ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ދުވަހު 11:00 ގެ ފަހުން ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.  

21 ޖުލައި 2025
ހޯދާ