ދިވެހިރާއްޖެ
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް |
ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު 2012 (ނަންބަރު:2012/R-27)ގެ ދަށުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަށް ހުށަހަޅާ ތިމާވެށްޓާބެހޭ ރިޕޯޓްތައް ބަލައި މުރާޖަޢާކުރާނެ ފަރާތެއް ހޯދުން |
ބޭނުންވާ އަދަދު: 15 |
މި އޭޖެންސީ އިން ތަންފީޒުކުރަމުންދާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 (ނަންބަރު:2012/R-27)ގެ ދަށުން މި އޭޖެންސީ އަށް ހުށަހަޅާ ތިމާވެށްޓާބެހޭ ރިޕޯޓުތަކަކީ މަތީގައި ދެންނެވުނު ގަވާއިދު 2012ގެ 13 ވަނަ މާއްދާގެ ދަށުން ގޮތެއް ނިންމުމުގައި މުސްތަޤިއްލު މުރާޖިރުންގެ މުރާޖަޢާއަށް ބިނާކޮށް އެއަށް ގޮތެއް ނިންމަންޖެހޭ ރިޕޯޓުތަކެކެވެ. ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދަށް ގެނެވުނު އިޞްލާޙުގެ ސަބަބުން ކުރިން މުރާޖަޢާ ކުރަމުންގެންދިޔަ އުސޫލާއި މުއްދަތުތަކަށް ވަނީ ބަދަލު އައިސްފައެވެ. މުރާޖިރުން މަސައްކަތް ކުރައްވަން ގަވާއިދު ލާޒިމުކުރަނީ ވަކި ފަރާތަކަށް ބުރަވުމެއްނެތި، ޤާނޫނު އަސާސީގެ 22 ވަނަ މާއްދާއިން ދައުލަތުގެ މައްޗަށް ލާޒިމުކުރާ ދެމެހެއްޓެނިވި ތަރައްޤީ ދިމާއަށް ޕްރޮޖެކްޓަށް މިސްރާބު ކުރެވުމާއި، ރިޕޯޓް އެކުލަވާލުމަށް ދެވިފައިވާ ޓީ.އޯ.އާރާ އެއްގޮތަށް ރިޕޯޓް ތައްޔާރު ކުރެވިފައިވޭތޯ ކަށަވަރުކުރުމާއި ޢިލްމީ އަދި ފަންނީ ގޮތުން އެ ރިޕޯޓް ވަޒަންކުރުމެވެ. މުރާޖަޢާކުރާ ކޮންމެ ރިޕޯޓަކަށް މުރާޖަޢާ ކުރުމުގެ ދަރަޖަތަކަށް ބިނާކޮށް އުޖޫރައެއް ދެވޭނެއެވެ. |
ޝަރުޠު:
|
ހުށަހަޅަންޖެހޭ ލިޔުންތައް:
މާކްސް ދެވޭނެ ކްރައިޓީރިއާ: ސަނަދަށް %50 ސީދާ ތަޖުރިބާއަށް %30 ނުސީދާ ތަޖުރިބާއަށް %20 |
|
01 ޛުލްޙިއްޖާ 1436 |