މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭފެންނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިރަށުގެ މަސްޖިދުއްސަލާމުގެ ގޯތިތެރޭގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)311/INDIV/2015/6)ފ(18 ޖަނަވަރީ 2015) ގެ އިޢުލާނާ ގުޅިގެން ދެވިފައިވާ މަޢުލޫމާތުގައިވާ ކަންކަމުގެ އިތުރަށް، ޑިޒައިނަށާއި މަސައްކަތަށް ބަދަލުގެންނަން ބޭނުންވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. ބީލަން ފޮތް ބަންދުނޫން ކޮންމެ ދުވަހަކު 8:30 ން 14:30 އަށް މި އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ. މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 27 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑް ހުޅުވުން އޮންނާނީ 30 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 14:00 ގައި މި އިދާރާގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެވިފައި ހުންނަންވާނެއެވެ.

ހ. "ރ. ފައިނު މަސްޖިދުއްސަލާމުގެ ގޯތިތެރޭގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް"

ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

ބީލަން ފޮތުގައި ފުރިހަމަކުރަން ކަނޑައަޅާފައިވާ ހުރިހާ ފޯމުތައް ފުރިހަމަ ނުވާނަމަ، ބިޑް ކެންސަލް ކުރެވޭނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

29 ޛުލްޤަޢިދާ 1436

 

13 ސެޕްޓެންބަރު 2015
ހޯދާ