ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަރުވާއަށް ކުއްޔަށްދޫކުރާ ރުއްގަސްތަކާއި ގުޅޭ

މިރަށުގެ އެކިސަރަހައްދު ތަކުގައި ހުރި ކައުންސިލްގެ ރުއްގަނޑުތަކާއި ބަނބުކެޔޮ ގަސްތައް ފަސްއަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށްނަގަން ބޭނުންފުޅުވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ. މިރުއްގަސް މިއިޢުލާނާ ގުޅިގެން ކުއްޔަށް ދޫކުރާ ތަންތަން ތިރީގައި އެވަނީއެވެ.

1-      ސިނާއީ ސަރަހައްދު ހުޅަގު މުކުރިމަގު މަތިމަރަދޫ ބައިކުރި މަގުން ބޮޑުތަކުރުފާނުމަގާ ހަމައަށް ހުރި ރުއްގަސް (މީގެ ތެރޭގައި ބޮޑުތަކުރުފާނުމަގު ދެފަރާތު ހުޅަގުކޮޅު ފޯދުނު 8 ރުއް ހިމެނޭނެއެވެ.)

2-      މާފަތްމަގު އިރުމަތީ ދެފަރާތުގައިވާ ރުއްތަށް

3-      ތުނޑީ ބޯޅަދަނޑު ހުޅަގު ބިމުގައިހުރި ބަނބުކެޔޮގަސްތަކާއި ރުއްތަށް

4-      ފަލާހުމިސްކިތުގެ އިރުމަތީގައިވާ ބަނބުކެޔޮގަސްތަކާއި ރުއްތައް

5-      ތުނޑީ ބަދަރު ސަރަހައްދު ގައިވާ ރުއްގަސް (ނަމޫނާ މަގުންފެށިގެން ދެކުނަށް ބަދަނރުގެ ދެކުނުކޮޅު ބޭރުތޮށިޖަހާފައިވާހިސާބަށް ފާލަންމަގާ މާހިންނަހިގުމުގެހުޅަގުންހިމެނޭ ހުރިހާ ރުއްތައް)

6-      ތުނޑީ އުތުރުކޮޅު ރުއްގަނޑު ( ތުނޑީ ފާލަންމަގާއި ތާރުމަގާ ދެމެދު ހިމެނޭ ޓްއަރިޒަމް ޒޯނަށް ކަނޑައަޅާފައިވާ އޭރިޔާ ހިމެނޭ ރުއްގަސް)

7-      ބޮޑުފިނޮޅު ރުއްގަނޑު

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

03 އޯގަސްޓް 2025 ދުވަހު 10:00 ގައި

05 އޯގަސްޓް 2025 ދުވަހު 12:00 ގައި

          މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ދެންނެވިފައިވާ ގަޑީގައި އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ކޮންމެ ރުއްގަނޑަކަށްވެސް އަގު ހުށަހަޅާނީ ވަކިފޯމެއްގައެވެ. ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުމާތައްޓަކައި ދެންނެވީމެވެ. އަގު ހުށަހަޅާ ފޯމާއި މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިޢުލާނުގައިވާ ރުއްގަނޑުތައް ކާމިޔާބުކުރާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް މިއިދާރާއިން އެންގުމުން ސޮއިނުކޮށްފިނަމަ އެރުއްގަނޑަކަށް އަގު ހުށަހެޅި ފޯމު ބާތިލްކުރެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް 7251515 އަށް ގުޅުއްވުން އެދެމެވެ.

          ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

21 ޖުލައި 2025
ހޯދާ