ފ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހޮސްޕިޓަލުގެ މައިއިމާރާތުގެ ޓިނު ބަދަލުކުރުން

ހޮސްޕިޓަލުގެ މައިއިމާރާތުގެ ޓިނު ބަދަލުކުރުން

މި ހޮސްޕިޓަލުގެ މައިއިމާރާތުގެ ޓިނުތައް ގިނަދުވަސްވެ ދަބަރުޖެހުމާއި، ބައެއް ދިމަދިމާލުން ފޫވެއްޓި ފެންފައިބާތީ، ފުރާޅުތަކުގެ ޓިނު ބަދަލުކުރުމަށް ކުރި މި ހޮސްޕިޓަލުގެ ނަންބަރު IUL)FAH-A/2015/8)ފ(26 އޮގަސްޓު 2015) ގެ އިޢުލާނާ ގުޅިގެން އެކަމަށް އެދި އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާނު ބާޠިލުކުރުމަށްފަހު އަލުން އެ މަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ. އެހެންކަމުން، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 2015 ސެޕްޓެންބަރު 30 ވަނަ ދުވަހުގެ 13.00 އަށް މި ހޮސްޕިޓަލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2015 އޮކްޓޫބަރު 8 ވަނަ ދުވަހުގެ 13:00 އަށް މި ހޮސްޕިޓަލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ، އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

14 ސެޕްޓެންބަރު 2015
ހޯދާ