ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޓްރޭނިންގ ސެޝަން ނަގައިދޭނެ ފެސިލިޓޭޓަރުން ހޯދުން

ޓްރޭނިންގ ސެޝަން ނަގައިދޭނެ ފެސިލިޓޭޓަރުން ހޯދުން              

މަސައްކަތް

ގެވެށި އަނިޔާ ހުއްޓުވުމާ ގުޅޭގޮތުން މި އޮތޯރިޓީން ހިންގާ ތަމްރީނު ޕްރޮގްރާމަކަށް ތިރީގައިއެވާ މައުޟޫޢުތަކަށް ސެޝަން ނަގައިދޭނެ ފެސިލިޓޭޓަރުން ހޯދުން

  1. Value Clarification
  2. Assisting Survivors in Crisis
  3. Personal Safety and Self-Care
  4. Communication

ކުރަންޖެހޭ މައިގަނޑު މަސައްކަތް

ގެވެށި އަނިޔާ ހުއްޓުވުމާ ގުޅޭގޮތުން މި އޮތޯރިޓީން ހިންގާ ތަމްރީނު ޕްރޮގްރާމުތަކުގައި މަތީގައިވާ މަޢުޟޫޢުތަކަށް ސެޝަން ނަގައިދިނުން.  

މަސައްކަތުގެ އަގު

ގަޑިއަކަށް -/250 ރުފިޔާ.

މަސައްކަތް ކުރަންޖެހޭ ތަން

މާލެ އަދި އަތޮޅުތެރެ

ތަޢުލީމާއި ތަޖުރިބާ

  1. މި މަޢުޟޫޢުތަކާ ގުޅޭ ތަމްރީނެއް ފުރިހަމަކޮށްފައިވުން.
  2. މިފަދަ ސެޝަންތައް ފެސިލިޓޭޓްކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.
  3. އިނގިރޭސި އަދި ދިވެހިބަހުން ފަސޭހަކަމާއެކު ވާހަކަދައްކަން، ލިޔަން އަދި ކިޔަން އެނގުން.
  4. މި މަސައްކަތްތަކަށް ބޭނުންވާވަރަށް ކޮމްޕިއުޓަރ (ޕަވަރަ ޕޮއިންޓް ޕްރެޒެންޓޭޝަން) ބޭނުންކުރަން އެންގުން.
  5. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމާއި އަދި ގިނަބަޔަކާ އެކުގައި ގުޅިގެން މަސައްކަތްކުރުން.
  6. އަތޮޅުތަކަށް މި މަސައްކަތާ ގުޅިގެން ދަތުރުކުރުމަށް އުޒުރުވެރި ނުވުން.

މި މަސައްކަތްކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

1- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، ޓްރާންސްކްރިޕްޓާއެކު.

2- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

3- އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)

4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ވީމާ، ސެޝަންތައް ފެސިލިޓޭޓް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އޮތޯރިޓީގެ (ހ. ފުލިދޫގެ، 2 ވަނަ ފަންގިފިލާ) ރިސެޕްޝަނަށް، މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތައް 29 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ 14:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް [email protected] އަށް ފޮނުވާ އެޕްލިކޭޝަންތައްވެސް ބަލައިގަނެވޭނެއެވެ.

އިތުރު މައުލޫމާތު:

ފޯން: 3010551

ފެކްސް: 3010552

އީމެއިލް: [email protected]

30 ޛުލްގަޢިދާ 1436

14 ސެޕްޓެންބަރު 2015
ހޯދާ