މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.މާޅޮހުގެ ކޭބަލް ޓީވީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 17 ސެޕްޓެންބަރު 2015 19:11 ގައި ބާތިލް ކުރެވިފައެވެ.


އއ.މާޅޮހުގެ ކޭބަލް ޓީވީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން:

މިރަށުގައި ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށްޓަކައި ބޭނުންކުރަމުންގެންދާ ނެޓްވަރކް ބޭނުންކޮށްގެން، ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ ޚިދުމަތް މިރަށުގައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ސެޕްޓެންބަރު 29 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮކްޓޫބަރު 4 ވާ އާދީއްތަ ދުވަހުގެ 10:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތާއި އަގު ހުށަހެޅުމަށް އެހެން ފަރާތެއް ފޮނުވާނަމަ، ވެރިފަރާތުގެ ސޮއިކޮށްފައިވާ ލިޔުމެއް ފޮނުވަންވާނެއެވެ. ފޮނުވާ އަންދާސީހިސާބު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މި ޚިދުމަތް ދިނުމަށްޓަކައި ކުއްޔަށްދެވޭނީ، 10 އަހަރުގެ މުއްދަތަށް އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ކަމުގައި ދަންނަވަމެވެ.

30 ޛުލްޤަޢިދާ 1436                 

14 ސެޕްޓެންބަރު 2015
ހޯދާ