ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައްދޫގެ ރައްޔިތުންނާއި ބައްދަލުކުރުން:

ގައްދޫގެ ރައްޔިތުންނާއި ބައްދަލުކުރުން:

                ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު '' ޤާނޫނު ނަންބަރު: 07/2010 ގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 2025 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ގައްދޫ ކައުންސިލް ހިނގައިދިޔަ ގޮތާއިބެހޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޢާންމު ޖަލްސާ، މިހިނގާ ޖުލައި މަހުގެ 28 ވާ ހޯމަ ދުވަހުގެ ރޭ 21:00ގައި ގައްދޫ މަރުކަޒުލް އީޘާރުގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ތިރީގައި މިދަންނަވާ ކަންކަމަށް އަލިއަޅުވާލެވިގެންދާނެއެވެ.

  1. 2025 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ގައްދޫ ކައުންސިލް ހިނގައިދިޔަ ގޮތުގެ ރިޕޯޓް  ރައްޔިތުންނަށް ހުށަހެޅުން.
  2. 2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާއި،މަސައްކަތު ތާވަލް ޙިއްސާކުރުން.

           ވީމާ، މި ބައްދަލުވުމަށް ގައްދޫގެ ވީހާ ވެސް ގިނަ ރައްޔިތުން ވަޑައިގެން ދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

                މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                25 މުޙައްރަމް 1447

                20 ޖުލައި   2025  

20 ޖުލައި 2025
ހޯދާ