ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ދަރަނބޫދޫ ކައުންސިލަށް ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

               މިއިދާރާގެ ޤާނޫނީ ލިޔުންތައް ތައްޔާރުކޮށްދިނުމާއި، އެކިއެކި ފަރާތްތަކާއިއެކުވެވޭ އެއްބަސްވުންތަކަށް ބޭނުންވާ ޤާނޫނީ ލަފާދިނުމާއި، ކައުންސިލުން ކުރާ، އަދި ކައުންސިލަށް ރައްދުވާ މައްސލަތައް ދިރާސާކޮށް، ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ކައުންސިލް ތަމްސީލުކޮށްދޭނެ ފަރާތެއް، ކޮންޓްރެކްޓް އުޞޫލުން މީލާދީ ގޮތުން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ހޯދުމަށް ބޭނުން ވެއެވެ.

             ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 2025 ޖުލައި 30 ވަނަ ދުވަހުގެ 13:00 ގައި މި އިދާރާގެ ކޮންފަރެންސް ހޯލުގައެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައެޅިގައިވާ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

ޤަނޫނީ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެއްކަރުދާސްކުރެވިފައިވާނެއެވެ. މި މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތުގެ އިތުރުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރައްވައިގެން، ނުވަތަ ރަސްމީ ގަޑީގައި 6740015 ނަންބަރާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ޖުލައި 2025
ހޯދާ