މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މި މިނިސްޓްރީއަށް ހުށަހެޅި، ބަލަމުންދާ ބައެއް މައްސަލަތަކާ ގުޅިގެން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށް

މި މިނިސްޓްރީއަށް ހުށަހެޅި، ބަލަމުންދާ ބައެއް މައްސަލަތަކާ ގުޅިގެން ޖަވާބުދާރީވުމަށްޓަކައި  ތިރީގައި ބަޔާންކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ވެރިފަރާތުން، މި އިއުލާން ގެޒެޓްކުރާ ތާރީޚުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހާޒިރުވެ ދެއްވުމަށް ދަންނަވަމެވެ. އަދި ހާޒިރު ނުވެވޭނެ ބޭފުޅުން، ތިރީގައިވާ މަޢުލޫމާތު [email protected] އީ.މެއިލް ކުރުމަށް ދަންނަވަމެވެ.

 

  • ފޯން ނަންބަރު
  • އީ.މެއިލް އެޑްރެސް
  • މިހާރު ދިރިއުޅޭ އެޑްރެސް

 

މި އިޢުލާނާއި ގުޅިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ޙާޟިރުވެފައިނުވާނަމަ، ނުވަތަ މަޢުލޫމާތު ހިއްޞާކޮށްފައިނުވާނަމަ، އެ ފަރާތްތަކުގެ އުޅަނދުތަކާއި ގުޅިގެން ބަލަމުންދާ މައްސަލައަށް ޖަވާބު ދާރީވުމުގެ ފުރުސަތު ދެވިފައިވާ ކަމުގައިބަލައި، ހަމަޖެހިފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެމަތިން މިމައްސަލަ މިމިނިސްޓްރީއިން ކަނޑައަޅާ ގޮތެއްގެ މަތިން ނިއްމާނެ ކަމުގައި ދަންނަވަމެވެ.

 

1-  ރަޖިސްޓްރީ ނަންބަރު B1A9777

2- ރަޖިސްޓްރީ ނަންބަރު B1B5918

 

      ވީމާ، މިކަން  ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

20 ޖުލައި 2025
ހޯދާ